ދަރަވަންދޫ ބަލިކޮށް ކުޑަރިކިލަށް ރަނގަޅު ފެށުމެއް

ދަރަވަންދޫ ޓީމުގެ މައްޗަށް 3-2 އިން ކުރި ހޯދައި މުބާރާތުގައި މިއަހަރު އަލަށް ވާދަކުރާ ކުޑަރިކިލުން ދޮންފަނު އިންވިޓޭޝަން ކަޕްގެ ފެށުން މިއަދު ރަނގަޅުކޮށްފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި އަރީން އަހްމަދު ނާސިރު ވަނީ ކުޑަރިކިލަށް ކުރި ހޯދައިދީފަ އެވެ. އެކަމަކު 34 މިނިޓް ގައި ދަރަވަންދޫގެ ނާޖިހު އަންވަރު ވަނީ އެޓީމަށް އެއްވަރު ކޮށްދީފަ އެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސައިން ހަންނާނު ވަނީ ކުޑަރިކިލަށް ދެވަނަ ފަހަރަށް ކުރި ހޯދައިދީފަ އެވެ.

ދެވަނަ ހާފު ފެށިތަނާ ރަބީއު އަހުމަދު ވަނީ ކުޑަރިކިލަށް ލީޑު ފުޅާކޮށްދީފައެވެ. ދަރަވަންދޫގެ ދެވަނަ ގޯލް އެޓީމުން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ނަވާފް އެވެ.

ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މި މެޗު ބެލުމަށް ދޮންފަނަށް ދިޔައިރު ދެ ޓީމުގެ ސަޕޯޓަރުން ވެސް ވަނީ ފޯރިއާއެކު ތަރުހީބު ދީފައެވެ.

ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި މާދަމާ ކުޅޭ މެޗުުގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ ދޮންފަނާއި ކަމަދޫ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.