އޭދަފުށީ ކައުންސިލުން ޔޫތު މިނިސްޓަރާ ބައްދަލުކުރައްވައިފި

އޭދަފުށީ ކައުންސިލާއި ކްލަބް އޭދަފުށީން އިއްޔެ ޔޫރު މިނިސްޓަރާ ބައްދަލުކުރައްވަނީ- ފޮޓޯ/ޔޫތު މިނިސްޓްރީ

ބ. އޭދަފުށީ ކައުންސިލާއި ކްލަބު އޭދަފުށިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ބައްދަލުކުރައްވައިފި އެވެ.

އިއްޔެ ޔޫތު މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާނުގެ އިތުރުން ކްލަބް އޭދަފުށީގެ ފަރާތުން އިބްރާހިމް އާމިރު (ސަލްސާ އާމިރު) އާއި މުހައްމަދު އިކްރާމު ބައިވެރިވެވަޑައިގެންނެވި އެވެ.

ތޮލާލު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވީ މިހާރު ރަށުގައި ހުރި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާއި އިތުރަށް ބޭނުންވާ ވަސީލަތްތަކާބެހޭ ގޮތުންނެވެ. އަދި ރަށުގެ ޔޫތު ސެންޓަރު ބެލެހެއްޓުމަށް ރަނގަޅު އިންތިޒާމެއް ގާއިމުކޮށްދިނުމަށްއެދި މަޝްވަރާ ކުރެވުނުކަމަށް ވެސް ތޮލާލު ވިދާޅުވި އެވެ.

“އޭގެ އިތުރުން ސްޕޯޓްސް އެރީނާގެ ދަށުން ހަދާފައިވާ ފުޓްބޯޅަ ދަނޑަށް އިތުރަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުންވެސް މިނިސްޓަރާ މަޝްވަރާ ކުރެވުނު. މިކަންކަމަށް މިނިސްޓްރީން ދެވެން އޮތް ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމަށަށް މިނިސްޓަރު ވިދާޅުވި އަދި އިތުރު ބައްދަލުވުމަކަށް މިނިސްޓަރު އަރިހުން އެދުނިން،”

ކްލަބް އޭދަފުށީގެ ޖޯޖީ މިނިސްޓަރު މަހްލޫފަށް ހަދިޔާ ކުރައްވަނީ– ފޮޓޯ/ޔޫތު މިނިސްޓްރީ

މި ބައްދަލުކުރެއްވުމުގައި ކްލަބް އޭދަފުށިން ވަނީ އެ ކްލަބްގެ ޖޯޒީއެއް މިނިސްޓަރު މަހްލޫފަށް ހަދިޔާ ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    ވަހީދު

    އޭދަފުށީގެ ރައްޔިތުންނަށް މިހާރުން މިހާރަށް ދަތިކަމަކަށް އޮތީ ކުޅިވަރު ދަނޑުތަކާއި ކުޅިވަރު ކުޅޭތަންތައް އަޕްގްރޭޑްކުރުންތަ؟ ނޫނީ
    ބޯހިޔާވަހިކަމުގެ މަޝްރޫއުތަ ؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.