ބެޑްމިންޓަން ޓީމުގެ ކާމިޔާބީ ވެޓެރަންސް އިން ފާހަގަކޮށްފި

ވެޓެރަންސް ކްލަބްގެ މެނޭޖަރު އަހްމަދު ނާސިރު (ކ) ބެޑްމިންޓަން ޓީމަށް ހަނދާނީފިލާ ދެނީ

މިއަހަރުގެ ބެޑްމިންޓަން މުބާރާތުން އޭދަފުށީ ބެޑްމިންޓަން ޓީމު (ކްލަބް އޭދަފުށި) ހޯދި ކާމިޔާބީގެ އަގު، އޭދަފުށީ ވެޓެރަންސް ކްލަބުން ވަޒަންކޮށްފި އެވެ.

ބެޑްމިންޓަން ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް ވެޓެރަންސް ކްލަބުން ރޭ ވަނީ ރޭގަނޑުގެ ކެއުމަކާއެކު ހަފުލާއެއް ބާއްވައިފަ އެވެ. އަދި ބެޑްމިންޓަން ޓީމު ހޯދި ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުން ވެޓަރަންސް ކްލަބުން ދިން ހަނދާނީފިލާ ބެޑްމިންޓަން ޓީމާ ހަވާލުކޮށްދެއްވީ އެ ކްލަބްގެ މެނޭޖަރު އަހްމަދު ނާސިރު އެވެ.

ބެޑްމިންޓަން ޓީމުން ހޯދި ޗެމްޕިއަން ޓްރޮފީތައް ރަށޫ ކައުންސިލާ ހަވާލުކުރަނީ

އޭދަފުށީ ބެޑްމިންޓަން ޓީމުން ވަނީ މިއަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނާއި ބެޑްމިންޓަން އަތޮޅު ލީގުގެ ފިރިހެން ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ އަތޮޅު ލީގުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދި ފަސްވަނަ ފަހަރެވެ.

މީގެ އިތުރުން މި މުބާރާތުގެ ދެވަނަ ޑިވިޝަންގެ އޯޕަން އިވެންޓްސް ތަކުގައި ވާދަކުރި އޭދަފުށީ ކުޅުންތެރިން ވެސް ވަނީ ކާމިޔާބީތައް ހޯދައިފަ އެވެ. އެގޮތުން ފިރިހެން ސިންގަލްސް އިވެންޓުން އަބްދުލް މަތީން އަހްމަދު އާއި ފިރިހެން ޑަބަލްސް އިވެންޓުން މަތީން އާއި ހުސައިން މުހައްމަދުގެ ޕެއާ އިން ވަނީ ރަން މެޑަލް ވެސް ހޯދައިފަ އެވެ.

ބެޑްމިންޓަން ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން

ކްލަބް އޭދަފުށީ ބެޑްމިންޓަން ޓީމުގެ ޝަރަފުގައި ރޭ ބޭއްވި ހަފްލާގައި ކްލަބް އޭދަފުށީ 23 އަހަރުން ދަށުގެ ފުޓްބޯޅަ ކުޅުންތެރިން ބައިވެރިވި އެވެ.

ފަހަކަށް އައިސް ކުޅިވަރުތަކަށް ބަލާއިރު އޭދަފުށިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ކުޅިވަރަކީ ބެޑްމިންޓަނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.