ޗެމްޕިއަން ގޮއިދޫ ބަލިކޮށް އޭދަފުށި ފައިނަލަށް


ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުން ޕެނަލްޓީ ޖަހައިގެން 7-6 އިން އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ ބަލިކޮށް އޭދަފުށި މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިއަދު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މޮޅަށް ކުޅެ، ގިނަ ހަމަލާތަކެއް ވަނީ އޭދަފުށި ޓީމުން އުފައްދާފައެވެ. ނަމަވެސް ހުރިހާ ހަމަލާތަކެއް ގޮއިދޫގެ ކީޕަރު ވަނީ ހުށިިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމްގެ ހަމްދާން އަބްދުއްސައްތާރުއެވެ. 

މިމުބާރާތުގައި މާދަމާ ކުޅޭނީ ސެމީ ފައިނަލްގެ ދެވަނަ މެޗެވެ. މިމެޗްގައި ވާދަކުރާނީ މުބާރާތް ބާއްވާ ދޮންފަނާއި ކިހާދޫއެވެ. ދޮންފަނު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރީ ގްރޫޕް އޭގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ކިހާދޫ ސެމީފަނަށް ދަތުރު ކުރީ ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި މާދަމާ ކިހާދޫ ބައްދަލުކުރާނީ ދޮންފަނާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.