އަނަންތަރާ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން އެމެރިކާ އަށް

ޓީމު އެމެރިކާ ޗެމްޕިއަން ޓްރޮފީއާއެކު

އަނަންތަރާ ކިހަވައް އޮލިމްޕިކްސްގެ ޑިޕާޓްމަންޓް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަނަކަން ޓީމު އެމެރިކާއިން ހޯދައިފި އެވެ.

އަނަންތަރާ ކިހަވައް އޮލިމްޕިކްސްގައި ރިސޯޓްގެ މުވައްޒަފުން ވަނީ ހަތަރު ޓީމަކަށް ބަހާލައި ޓީމުތަކަށް ނަންތައް ދީފައިވަނީ ބައްރު ތަކަށް ނިސްބަތްކޮށެވެ. އެފްރިކާގެ އިތުރުން ދެން ހިމެނެނީ އޭޝިޔާ، އެމެރިކާ އަދި ޔޫރަޕެވެ.

އެމެރިކާ އިން ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ފައިނަލުގައި އެފްރިކާ 7-2 އިން ބަލިކޮށްފަ އެވެ.

ޗެމްޕިއަން އެމެރިކާ އަށް ޓްރޮފީ އާއި މެޑަލް ހަވާލުކޮށްދިނީ ބޮސްނިއާ ގައުމީ ޓީމުގެ ކުޅުންތެރިޔާ އިޒެޓް ހަރޮވިޗް އެވެ.

އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ ހުނައިނު އަން ރަން ބޫޓް ހަވާލުކޮށްދެނީ

މި މުބާރާތުގެ 19 ގޯލް ކާމިޔާބުކޮށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އޭޝިއާގެ ހުނައިނު އަބްދުލް ހާރިސް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ހުނައިނުގެ އިތުރުން އަލީ ޖުނައިދު އާއި ހަމީޒު އާއި
ރާމޭ ބާސްލީ އަދި އަހްމަދު ހަލީމެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ އޭޝިޔާ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ޓްރޮފީއާއެކު

ކުޅިވަރުތައް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އިސްމާއިލް ޝަހީމު ވިދާޅުވީ ކިހަވައް އޮލިމްޕިކްސްގެ ކުޅިވަރުތައް ބާއްވަމުން އަންނަނީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ ގޮތުން ކަމަށެވެ.

ރަނާ އަފް ޓީމް

ކޮންމެ އަހަރަކުވެސް ވަރަށް ފޯރިއާއި ވާދަވެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެ ރިސޯޓްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް އަނަންތަރާއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.