އަތޮޅުތެރެއަށް ހާއްސަކޮށްގެން އަންނަ އަހަރު ވޮލީ މުބާރާތެއް ބާއްވަނީ

އަންނަ އަހަރު މުޅި ރާއްޖެ އަށް ހުޅުވާލައިގެން އަންހެން އަދި ފިރިހެން އަތޮޅު ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފި އެވެ.

ވީއޭއެމްގެ އަންނަ އަހަރުގެ ކަލަންޑަރު އިއުލާންކުރުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ އޭނާ އެ އިދާރާގެ ރައީސްކަމަށް އިންތިހާބުވިއިރު މުޅި ރާއްޖެ އަށް ވޮލީ ފުޅާ ކުރުމުގެ ވައުދުވެވަޑައިގެންނެވި ކަމަށާއި އަންނަ އަހަރު އޭގެ އަމަލީ މަސައްކަތް ފެށުމަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ.

“އަޅުގަނޑުމެން އަންނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ވޮލީ މުބާރާތް ކުރިއަށްގެންދިއުމަށް މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ އެކު އެކަން ކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ އަންނަ އަހަރު އަންހެން އަދި ފިރިހެން ޓީމުތަކަށް ހާއްސަ ކޮށްގެން އަތޮޅު މުބާރާތެއް ފެށޭނެ. މިއީ ވަރަށް ގިނަ ބަޔަކު ބޭނުންވާނެ ފަދަ މުބާރާތެއް. އެއީ ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ،” ލަތީފް ވިދާޅުވި އެވެ.

ލަތީފު ވިދާޅުވި ގޮތުގައި އެ އެސޯސިއޭޝަންގެ ވިސްނުން ހުރީ އަތޮޅު މުބާރާތަށް ފަހު ހަ ޒޯނަކަށް ބަހާލައިގެން ބުރެއް ކުޅެ، އެ އަށް ފަހު ސެމީ ފައިނަލަށްދާ ހަތަރު ޓީމެއް ގައުމީ ވޮލީބޯޅަ ލީގަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށެވެ.

ލަތީފް ވިދާޅުވީ މި މުބާރާތަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި ގުޅިގެން ބާއްވާ މުބާރާތެއް ކަމަށާއި ކައުންސިލްތަކާއެކު މަޝްވަރާތައް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މުބާރާތާ ގުޅޭ އެންމެ ފަހުގެ ނިންމުންތަކާ ބެހޭގޮތުން މިހާރު މަޝްވަރާ ކުރަމުންދާ ކަމަށާއި އެ މައުލޫމާތުތައް ފަހުން ހިއްސާކުރާނެ ކަމަށްވެސް ލަތީފް ވަނީ ވިދާޅުވެފަ އެވެ. 

މީގެއިތުރުން އަންނަ އަހަރު އިންޓަ ސްކޫލް މުބާރާތްވެސް އަތޮޅުތެރެއަށް ހުޅުވާލަން ވަނީ ނިންމާފަ އެވެ. މީގެއިތުރުން ވޮލީބޯޅައިގެ ގިނަ ހަރަކާތްތަކެއް އަންނަ އަހަރަށް ވަނީ ތާވަލުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.