ހަމްޕު އާއި ސައްޓު އަހަރުގެ އެންމެ މޮޅު ގޯލަށް ވާދަކުރަނީ

މޯލްޑިވްސް ފުޓްބޯލްއާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބާއްވާ ފުޓްބޯޅަ އެވޯޑް ނައިޓްގެ އަހަރުގެ އެންމެ މޮޅު ގޯލަށް އޭދަފުއްޓަށް އުފަން ހަމްޒާ މުޙައްމަދު (ހަމްޕު) އާއި އިޝާން އިބްރާހީމް (ސައްޓު) ނޮމިނޭޓް ވެއްޖެއެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ޖެހި އެންމެ މޮޅު 10 ލަނޑު މިހާރު ވަނީ އާއްމު ކޮށްފައެވެ. އޭގެ ތެރޭގައި މިއަތޮޅު ފެހެންދޫ ޓީމުގެ އަހްމަދު ނިޒާމުގެ ގޯލް ވެސް ވަނީ ނޮމިނޭޓްވެފަ އެވެ.

ނޮމިނޭޓްވި ހަމްޕުގެ ލަނޑަކީ ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ށ. ފޯކައިދޫ ކޮޅަށް ޖެހި ލަނޑެވެ. އެ މެޗުގައި ހަމްޕު އެ ގޯލް ޖެހީ ހާފުގެ މެދުތެރެއިން ބޯޅަ ހިފައިގެން ގޮސް ނިލަންދޫ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް އަށް މޮޅު ކުޅުމެއް ދެއްކި ސައްޓު ނޮމިނޭޓް ވީ ލީގުގެ ދެވަނަ ބުރުގައި ށ. ފޯކައިދޫ ކޮޅަށް ޖެހި ލަނޑުންނެވެ. ފޯކައިދޫގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ސައްޓު އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

Be part of Jooley Award 2018. #MaldivesFootballAwards2018

Posted by Maldives Football Awards on Tuesday, 25 December 2018

 

މި ތިން ކުޅުންތެރިންގެ އިތުރުން ދެން މި އެވޯޑަށް ވާދަކުރަނީ ތިމަރަފުށީގެ އަމީން ޝާހު އާއި ޔުނައިޓެޑް ވިކްޓްރީގެ ހަސަން ފައިރޫޒް އާއި ޓީސީގެ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ދެ ގޯލާއި މާޒިޔާ ސްޕޯޓްސް ކްލަބުގެ މޫސާ ޔާމީން އާއި ޓީސީގެ އަލީ އަޝްފާގު (ދަނގަޑޭ) ފޯކައިދޫގެ މުހައްމަދު ޖައިލަމް އެވެ.

އެންމެ މޮޅު ލަނޑަށްދޭ “ޖޫލޭ އެވޯޑް” ދޭނީ އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ އެވޯޑު ނައިޓްގައެވެ. މޮޅު ލަނޑަށް ހޮވޭނީ އެންމެ ގިނަ މެސެޖު ލިބޭ ލަނޑެވެ. މެސެޖު ކުރުމުގެ ސުންގަޑިއަކީ ހުކުރުދުވަހުގެ ރޭ ހަވީރު 6:00 އެވެ.

އެސްއެމްއެސް ކުރާނެ ގޮތް

ހަމްޕު ގޯލްތައް
MFA (SPACE) C send to 300ސައްޓުގެ ގޯލް
MFA (SPACE) E send to 300


އަހްމަދު ނިޒާމުގެ ގޯލް
MFA (SPACE) G send to 300

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.