ދިރާގު މުވަައްޒަފުންގެ މެދުގައި ބާއްވާ ފުޓްސަލް މުބާރާތް ފަށައިފި

ދިރާގު މުވަައްޒަފުންގެ މެދުގައި ރޭ ފެށި ފުޓްސްލް މުބާރާތުގެ ތެރެއިން — ފޮޓޯ/ ދިރާގު

ކުޅިވަރުގެ ރޫހާއި މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރުމަށް ދިރާގު މުވައްޒަފުންގެ މެދުގައި “ޑެސްކަޕް”ގެ ނަމުގައި ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.

މި މުބާރާތަކީ ދިރާގު މުވައްޒަފުންގެ މެދުގައި 2005 ވަނަ އަހަރުން ފެށިގެން ވިދި ވިދިގެން ކޮންމެ އަހަރަކު ވެސް ދިރާގު މުވައްޒަފުންގެ ޖަމިއްޔާ “އީކްލަބް”އިން އިންތިޒާމު ކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

މި އަހަރުގެ ޑެސްކަޕްގައި ޖުމްލަ 26 ޓީމުން 360 ކުޅުންތެރިން ބައިވެރިވާ އިރު، 20 ފިރިހެން ޓީމާއި ހަ އަންހެން ޓީމު އެކުލެވިގެންވެއެވެ. އެގޮތުން ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގެ މުވައްޒަފުން ގުޅިގެންވެސް ވަނީ ތިން ޓީމު ހަދައި މުބާރާތުގައި ބައިވެރިވެފައިއެވެ. މި އަހަރުގެ މުބާރާތްވެސް ފެށުމުގެ ގޮތުން ދިރާގު އެކްސްކޮމް އަދި ސީނިއަރ މެނޭޖްމަންޓްގެ މެދުގައި ވަނީ ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފައިއެވެ.

މި މަހުގެ 16 އިން 22 ގެ ނިޔަލަށް އެފްއޭއެމް ޓާފު 2 ގައި ކުރިއަށްދާ މި މުބާރާތް ކުރިއަށްގެންދާނީ ލީގް ސިސްޓަމަށް ޖުމްލަ ތިން ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ، މެންސް ޕްރިމިއަރ ލީގް، މެންސް ސުޕަރ ލީގް އަދި ވިމެންސް ފިއެސްޓާ އެވެ.

ދިރާގު “އީކްލަބް”ގެ ޗެއާމަން އަދި މެނޭޖަރ ހެލްތް އެންޑް ސޭފްޓީ، މުހައްމަދު ޝަފީއު ވިދާޅުވީ އީކަލްބުން މަސައްކަތް ކުރަމުން ދަނީ އަހަރަކަށް ވުރެ އަހަރެއް ޑެސްކަޕްގެ ފެންވަރު މަތިކޮށް މުވައްޒަފުން ހިންހަމަޖެހޭ ގޮތަކަށް މުބާރާތް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

“މި މުބާރާތް އިންތިޒާމުކުރަން ވަކިވަކި ކޮމިޓީތައް ހަދައި ވީހާވެސް ގިނަ މުވައްޒަފުން ޝާމިލުކޮށްގެން މުބާރާތް ހިންގުމަށް ދަނީ މަސައްކަތްކުރަމުން. ސަބަބަކީ ޑެސްކަޕަކީ ދިރާގުން މުވައްޒަފުންނަށް ބާއްވާ ހުރިހާ ހަރަކާތްތަކުގެ ތެރޭގައިވެސް މުވައްޒަފުން އެކަމަށް އެންމެ އިންތިޒާރު ކުރާ ހަރަކާތް ކަމަށް ވާތީ،” ޝަފީއު ވިދާޅުވިއެވެ.

ދިރާގު މުވަައްޒަފުންގެ މެދުގައި ރޭ ފެށި ފުޓްސްލް މުބާރާތުގެ ތެރެއިން — ފޮޓޯ/ ދިރާގު

“ކުޅެން ދަނޑަށް ނޭރި ކަމުގައި ވިޔަސް ކޮންމެވެސް އެއް ސިފައެއްގައި ދިރާގު ހުރިހާ މުވައްޒަފުންވެސް މި މުބާރާތުގައި ބައިވެރިވާ ކަމަކީ އަޅުގަނޑު ވަރަށް އުފަލާއިއެކު ފާހަގަކުރާ ކަމެއް. އަދި ހަމަ އެހެންމެ މެނޭޖެމަންޓްގެ ފަރާތުން ލިބޭ އެއްބާރުލުމަކީ މިފަދަ ހަރަކާތްތައް ފުރިހަމަކަމާއެކު ކުރިއަށް ގެންދިޔުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް.”

ހަ ސަތޭކައަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، ދިރާގަކީ ސައްތައަކުން 99 ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންޏެކެވެ.

މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމަށް އަދި މުވައްޒަފުންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތް ޕްރޮމޯޓު ކުރަން ދިރާގުން ދަނީ ތަފާރު ހަރަކާތްތަށް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދަމުންނެވެ. “ޑެސްކަޕް” އަކީ ވެސް މި މޭރުމުން ދިރާގުން ހިންގާ ގިނަހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.