ބ. އަތޮޅުގައި ބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ލޮޓަސް ފިހާރައިން ބ. އަތޮޅަށް ހުޅުވާލައިގެން އޭދަފުށީގައި ބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވަން އިއުލާން ކޮށްފި އެވެ.

ލެވިސްޓާ ފުޓްބޯޅަ މުބާރާތުގެ ނަމުގައި ލޮޓަސް ފިހާރައިން ރާއްޖެއަށް އެތެރެކުރާ “ލެވިސްޓާ ކޮފީ” ން ސްޕޮންސާ ކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ އެވެ.

ލެވިސްޓާ ކަޕް ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވަން އިއުލާން ކުރިއިރު، އޭދަފުށީ ދާއިރާގެ ތިން ރަށަށް ހުޅުވާލައިގެން “ލެވިސްޓާ ފުޓްސަލް ޓޯނަމެންޓް” ނަމުގައި އަންނަ ހަފްތާ ބަންދު އޭދަފުށީގައި ފުޓްސަލް މުބާރާތެއްވެސް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ސައިކަލެއް ލިބޭއިރު ރަނާ އަޕް އަދި ތިންވަނަ ޓީމުގެ ކުޅުންތެރިންނަށް ބައިސްކަލް ލިބޭނެ އެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ އަދި ފެއާޕްލޭ ކުޅުންތެރިޔާއަށް ހޮންޑާ އާރުއެކްސް މޮޓޯ ސައިކަލެއް ވަނީ ހުށަހަޅާފަ އެވެ.

ލެވިސްޓާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށްއެދޭ ޓީމުތަކުން އޭޕްރިލް 8ވަނަ ދުވަހުގެ 12:00ގެ ކުރިން ލިސްޓް ހުށަހަޅަން ޖެހެއެވެ. ޓީމު ލިސްޓް ހުށަހެޅުމަށާއި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އޭދަފުށިން ގުޅާނީ 9993061، ހިތާދޫން 9721200 އަދި މާޅޮހުން 9907875 ނަންބަރު ފޯނާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.