ލެވިސްޓާ ފުޓްސަލް ކަޕް މާދަމާ ފަށަނީ

ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ލޮޓަސް ފިހާރައިން ސްޕޮންސަރ ކޮށްގެން އޭދަފުށީ ދާއިރާގެ ތިން ރަށަށް ހުޅުވާލައިގެން ބާއްވާ “ލެވިސްޓާ ފުޓްސަލް ކަޕް” މާދަމާ ހެނދުނު ފަށާނެ އެވެ.

އެޕްރީލް 19-20 އަށް އޭދަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްގެންދާ މި މުބާރާތުގައި ޖުމްލަ 12 ޓީމު ވާދަކުރެއެވެ. އެއީ އޯޝަން ޓައިޑްސް، ކްލަބް ބީކޭ، އެފްސީ ސަންދޯސް، ފަހަތަށް ފެން އުކާ، ކައްކަނީ، އިންވިކްޓޯ، ވެލާ ސްޕޯޓްސް، ބަރާބަރު އެފްސީ، ވީ. ވެލާ، ޑައުންޓައުން އަދި އެފްސީ އެޖެންޑާ19 އެވެ.

މާދަމާ ހެނދުނު މުބާރާތް ފަށާނީ އޯޝަން ޓައިޑްސް އާއި ކްލަބް ބީކޭ މެޗުންނެވެ.

 މި މުބާރާތުގެ ޗެމްޕިއަން ޓީމުގެ ކޮންމެ ކުޅުންތެރިއަލަށް ޖީއެން 125 ބްރޭންޑްގެ މޮޓޯސައިކަލް ހުށަހަޅާފައިވާއިރު މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ އަދި ފެއާޕްލޭ ކުޅުންތެރިޔާއަށް ހޮންޑާ އާރުއެކްސް މޮޓޯ ސައިކަލެއް ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން މީގެ އިތުރުން ރަނާއަޕް އަދި ތިންވަނަ ޓީމަށް އިނާމުގެ ގޮތުގައި 16 ބައިސްކަލް ލިބޭނެ އެވެ.

މިއީ ގާތްގަޑަކަށް 378،600ރ. ގެ އަގުހުރި އިނާމެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ މިއަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.