މަޖިއްޓޭ ސިންގަޕޫރުގެ ވެޓަރަންސް ޓީމަކާ ދެކޮޅަށް ހެޓްރިކް ހަދައިފި

މޯލްޑިވްސް ސޮކް މޭޓްސް އިން އިންތިޒާމުކޮށްގެން ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ސިންގަޕޫރުގެ ވެޓެރަންސް ޓީމަކާ ދެކޮޅަށް ކުޅުނު މެޗުގައި އޭދަފުށީގެ ފުޓްބޯޅަ ލެޖެންޑް އަބްދުލްމަޖީދު އިބްރާހީމް (މަޖިއްޓޭ) ހެޓްރިކް ހަދައިފި އެވެ.

ރަހްމަތްތެރިކަމުގެ މި މެޗުގައި ސޮކަ މޭޓްސް އިން އިއްޔެ ކުޅުނީ ސިންގަޕޫރުގެ އީސްޓް ޑްރެގަންސްއާ ދެކޮޅަށެވެ. މި މެޗުން ރާއްޖޭގެ ވެޓެރަންސް ޓީމު މޮޅުވީ 7-1 އިންނެވެ.

35 އަހަރުން މަތީގެ ކުޅުންތެރިން ބައިވެރިވި މި މެޗުގައި ވާދަކުރި އީސްޓް ޑްރެގަންސް ޓީމަކީ ސިންގަޕޫރުގައި ހުންނަ ޔުނައިޓެޑް ވޯލްޑް ކޮލެޖު އޮފް ސައުތު އީސްޓް އޭޝިއާގެ މުވައްޒަފުންގެ ޓީމެކެވެ. އެ ޓީމުގައި ހިމެނެނީ އެ ކޮލެޖުގެ ޓީޗަރުންނާއި މުވައްޒަފުންނެވެ. އެކަމަކު އެ ޓީމުގައި ސިންގަޕޫރުގެ ކުޅުންތެރިއަކު ނުހިމެނެއެވެ.

މަޖިއްޓޭގެ އިތުރުން އެމްއެސް މޭޓްސްއަށް ދެން ލަނޑުތައް ކާމިޔާބުކޮށްދިނީ އައްސަދު އަބްދުލް ގަނީ އާއި ވާހިދު މުހައްމަދު އާއި މުހައްމަދު އިބްރާހީމްގެ އިތުރުން ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބެ) އެވެ. މަޖިއްޓޭއާ އެކު މި މެޗުގައި އޭދަފުއްޓަށް ނިސްބަތްވާ ހަތަރު ކުޅުންތެރިއަކު ވަނީ ކުޅެފަ އެވެ. އެއީ ކުރިން އެއް ވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދެއްކި ނާފިއު މުހައްމަދު ހާމިދު އާއި ޖަމްބޭގެ އިތުރުން ރޯދަ މަހު ބޭއްވި ވެޓެރަންސް ފުޓްބޯޅަ މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބަށް މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު މުހައްމަދު ވާސިފް އެވެ.

ރޯދަމަހު ބޭއްވި ވެޓެރަންސް މުބާރާތުގައި އޭދަފުށީގެ ވެޓެރަންސް ފުޓްބޯލް ކްލަބް ވަނީ މި އަހަރު ފުރަތަމަ ފަހަރަށް ބައިވެރިވެފަ އެވެ. އެ މުބާރާތުން އޭދަފުށި ކެޓީ ސިފައިންގެ ކްލަބާ ދެކޮޅަށް ކުޅުނު ޕްލޭ އޮފް މެޗުގައި ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.