ބ އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖް ސެޕްޓެމްބަރުމަހު

ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖް ސެޕްޓެމްބަރުމަހުތެރޭ ބާއްވަން ކްލަބް ދަ ބިގިނާސް (ޓީބީ) އިން ނިންމައިފި އެވެ.

އެ ކްލަބުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބ. އަތޮޅުގެ ރިސޯޓްތަކަށާއި ރަށްރަށުގެ ޓީމުތަކަށް ދައުވަތުދީގެން ބާއްވާ މި މުބާރާތް އޮންނާނީ ސެޕްޓެމްބަރ 7 ވަނަ ދުވަހު އޭދަފުށީގަ އެވެ.


ޓީބީން ބުނި ގޮތުގައި މި މުބާރާތް އެ ކްލަބުން ބާއްވަނީ އަތޮޅު ލެވެލްގައި ފުޓްސަލް ކުރިއެރުވުމާއި އަތޮޅު ލެވެލްގައި ފުޓްސަލް ކުޅުންތެރިން އުފެއްދުމުގެ ބޭނުމުގަ އެވެ. އަދި ބ. އަތޮޅުގެ ރިސޯޓްތަކާއި ރަށްރަށުގެ ފުޓްސަލް ޓީމްތަކުގެ މެދުގައި އެކުވެރިކަމާއެކު ވާދަވެރި ފުޓްސަލް މެޗްތަކެއް ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުންވެސް އެ ކްލަބުން މި މުބާރާތް ބާއްވާ މަގުސަދު ތަކުގެ ތެރޭގައި ހިމެނެ އެވެ.

އޭގެ އިތުރުން، އަތޮޅުގެ އެންމެހައި ރައްޔިތުންގެ މެދުގައި އިޖްތިމާއީ ރޫޙާއި ކުޅިވަރުގެ ރޫހް އާލާކުރުމާއި އެކުވެރިކަމާއެކު މަސައްކަތް ކުރުމުގެ ރޫޙް އާލާ ކުރުމާއި ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމާއި ފުޓްސަލްގެ ހުނަރު އިތުރުކުރުމާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުން ވެސް މުބާރާތް ބާއްވާ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.


ދަ ބިގިނާސް އިން 2014 ވަނަ އަހަރު ބާއްވަން ފެށި މުބާރާތް މެދު ނުކެނޑި ބާއްވާ މިއީ ފަސްވަނަ އަހަރެވެ. ފުރަތަމަ ތިން އަހަރު މި މުބާރާތް ބޭއްވީ އޭދަފުށި ހަލީމާމަންޒިލް އަލްމަރްޙޫމް އަހްމަދު ޝާހިންގެ ހަނދާނުގައެވެ. ނަމަވެސް 2017 ވަނަ އަހަރު ވަނީ މި މުބާރާތުގެ ނަން ބ. އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖްގެ ނަމަށް ބަދަލުކޮށް މިހާރު މި މުބާރާތަކީ ބ. އަތޮޅުގައި ބާއްވާ އެންމެ ވާދަވެރި ފުޓްސަލް މުބާރާތެވެ

ދަ ބިގިނާސް އިން ބުނީ މި މުބާރާތް ކުރީ އަހަރުތަކޭ އެއްގޮތަށް ފޯރިގަދަވާނެކަމަށާއި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 7774245 އަށް ގުޅައިގެން ލިބޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.