އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް ޖުލައި 26 ގައި

މުބާރާތުގެ ގުރުނެގުމަށް ރޭ ވައިޓް ބައި 8 އެސް ގަިއ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް ޖުލައި 26 ގައި ފަށާނެ އެވެ.

އޭދަފުށީ ޓާފު ދަނޑުގައި ކުޅޭ މި މުބާރާތުގެ މިއަހަރު ހަ ރިސޯޓުން ވާދަކުރެއެވެ. ގްރޫޕް އޭ ގައި ހިމެނެނީ އަމިއްލަ ފުށި، ފިނޮޅު އަދި އަނަންތަރާ ކިހަވައް ވިލާސް އެވެ. ގްރޫޕް ބީ ގައި އޮތީ ރޯޔަލް އައިލެންޑް، ޑުސިޓް ތާނީ މޯލްޑިވްސް އަދި ސޮނެވާފުށި ރިސޯޓެވެ.

މުބާރާތް ހުޅުވާ މެޗުގައި ޖުލައި 26 ވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ ގްރޫޕް އޭ އަމިއްލަފުއްޓާއި ފިނޮޅު ރިސޯޓެވެ. ގްރޫޕް ބީ ގެ ފުރަތަމަ މެޗުގައި ޖުލައި 27 ވަނަ ދުވަހު ހަވީރު ވާދަކުރާނީ ރޯޔަލް އާއި ދުސިޓް އެވެ.

މި މުބާރާތަކީ ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ․

މި މުބާރާތަކަކީ 2013 ވަނަ އަހަރު ކޮމްބިނޭޝަން (ސީސީ) އިން ތައާރަފުކުރި މުބާރާތެކެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުން އައީ ޒުވާނުންގެ ކްލަބުންނެވެ.

މިއަހަރު މި މުބާރާތް އިންތިޒާމުކުރަނީ ވެލާ ސްޕޯޓްސް ކްލަބުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.