ކަލަރ ފެސްޓިވަލުގެ ޓީޝާޓް ޕްރީ އޯޑާ ހުޅުވާލައިފި

ވެސްޓް ވިންގްސް އިން ބަނަފްސާ ކަންމަތި (ބީކޭ) އާ ގުޅިގެން އަންނަ ބޮޑު އީދުގައި އޭދަފުށީގައި ބާއްވާ ކަލަރ ފެސްޓިވަލުގައި ބޭނުންކުރާ ހާއްސަ ޓީޝާޓް ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.

ވެސްޓް ވިންގްސް ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކަލަރ ފެސްޓިވަލުގެ ޓީޝާޓަށް ޕްރީ އޯޑާ ކުރެވޭނެ ކަމަށެވެ.

West Wings Eydhafushi Color Festival 2019 in Partnership with Banafsaa Kanmathi – BKAre you all ready to have some fun…

Posted by West Wings Eydhafushi on Sunday, 14 July 2019

ވެސްޓް ވިންގްސް އިން ބުނާގޮތުގައި މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ކަލަރ ފެސްޓިވަލް ފޯރި ގަދަވެ، ތަފާތުވާނެ އެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް އަންނާނީ ފެސްޓިވަލް ދެ ދުވަހަށް އިތުރުވެ، ތަފާތު ގިނަ ކުޅިވަރުތައް ވެސް އިތުރުވެގެން ދިއުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ކުޅިވަރުތައް އޮންނާނީ އީދުގެ ކޮންމެ ވެސް ދެ ދުވަހެއްގަ އެވެ. އެގޮތުން ފުރަތަމަ ދުވަހު ހަވީރު ކުޅިވަރުތައް ފަށާ ގޮތަށް އެދުވަހު އިރު އޮއްސެންދެން ހުޅަނގު ސަރަހައްދުގައި ތަފާތު ގޭމް ތަކާއެކު ކަލަރ ފެސްޓިވަލް ކުރިއަށްދާނެ އެވެ. މި ކަންކަމުގެ އިތުރުން ވެސް މޫދު ކުޅިވަރުތަކާއި ޑީޖޭ އާއި ލައިވް މިއުޒުކާއި އެހެން ބައެއް ހަރަކާތްތައް ވެސް ވަނީ ރާވާފަ އެވެ.

މިއީ  ވެސްޓްވިންގްސް އިން އިސްނަގައިގެން ބޮޑު އީދު ފާހަގަކުރާ ދެވަނަ ވަނަ އަހަރެވެ.  މި އަހަރުވެސް މި ފެސްޓިވަލުގެ އޮންލައިން މިޑީއާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.