ގޮއިދޫ ބަލިކޮށް އޭދަފުށިން ބ. ފުޓްބޯލް ޗެލެންޖު ކާމިޔާބުކޮށްފި

ބ. ގޮއިދޫ 6-1 އިން ބަލިކޮށް ކަލްބް އޭދަފުށިން، ފުރަތަމަ ފަހަރަށް ބޭއްވި ބ. ފުޓްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދުގެ މެޗު ޝަރަފުވެރި ކޮއްދެއްވާފައި ވާއިރު، އެބޭފުޅާގެ އަރިހުގައި ފޯ ސީޒަންސް ލަނޑާ ގިރާވަރުގެ ޖެނެރަލް މެނޭޖަރާ އަރްމަންޑޯ އާއި އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރުގެ އިތުރުން ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ)ވެސް ވަނީ ބައިވެރި ވެފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މާގާމު ހޯދި ޓްޕް ސްކޯރާގެ މަގާމުވެސް ހޯދި އޭދަފުށީ ޓީމުގެ މުހައްމަދު ފާސިރުއެވެ. އެންމެ މޮޅު ޑިފެންސަކަށް އޭދަފުށީ ރައްޒާން ރަޝީދު ހޮވުނުއިރު އެންމެ މޮޅު މިޑްފިލްޑސަރަކަށް ހޮވުނީ އޭދަފުށީ ޝާހީ މޫސާ އެވެ. އަދި އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ގޮއިދޫ އާދަމް ނިޒާމެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ އޭދަފުށީ އަލީ އަޖްފާން އަމްޖަދެވެ.

21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭދަފުށީ އަލީ ނަސީމެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އޭދަފުށީ ކޯޗު ޝާފީ އަލީ އެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓާރ އަލީ ވަހީދުގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފޯ ސީޒަންސް އިން ވަނީ ކޭކެއް ވެސް ފަޅާފަ އެވެ.

މި މުބާރާތަކީ ވެސްޓި ވިންގްސް އޭދަފުށިން އިންތިޒާމް ކޮށްގެން، ފޯ ސީޒަންސް ލަނޑާ ގިރާވަރުގެ ސްޕޮންސާ އާއި އެކު ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ. މި މުބާރާތް އަންނަ އަހަރުވެސް ބާއްވާނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.