އުރީދޫ ބަލިކޮށް ދިރާގުން އިންޓަ އޮފީސް ފުޓްސަލް ޗެލެންޖު ކާމިޔާބުކޮށްފި

ދިރާގުގެ ކުޅުންތެރިންތަށި އުފުލާލަނީ– ފޮޓޯ: ތޯރިގް އަބްދުއްރަހްމާން/އީޓީ

ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން އުރީދޫގެ މައްޗަށް 4-5 އިން ކުރި ހޯދައި އިންޓަ އޮފީސް ފުޓްސަލް ޗެލެންޖުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދިރާގުން ހޯދައިފި އެވެ.

އޭދަފުށީ ފުޓްސަލް ޓާފް ޕިޗުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ދިރާގުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުﷲ އަބޫބަކުރު ދެ ގޯލުގެ އިތުރުން މިމްރާހު އަބްދުލް އަޒީޒު އާއި އަބްދުﷲ ޝަރީފު އަދި މުހައްމަދު ޖައިލަމެވެ. އުރީދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޒައީމް ދެ ގޯލާއި އަޝްހަމް އަދި ފާސިރު އެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިން

ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ދިރާގުގެ އަބްދުއްސަލާމް ހާމިދު، މިމްރާހު އަބްދުލްއަޒީޒު، ޒާޖިލު އަލީ އަދި އުރީދޫގެ މުހައްމަދު ފާސިރު އާއި އަބްދުﷲ ޒައީމެވެ. އެންމެ ގިނަ ލަނޑު ޖެހީ 8 ގޯލު ކާމިޔާބުކުރި އުރީދޫގެ މުހައްމަދު ފާސިރެވެ.

އެންމެމޮޅު ކޯޗަކީ ދިރާގުގެ އަބްދުލް މަޖީދު (މަޖިއްޓެ) އެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ކޮޕްސް ބީ ޓީމުންނެވެ. ފައިނަލުގައި ކޮޕްސް ބީ ޓީމުން ވަނީ 3-2 އިން ހޮސްޕިޓަލުގެ މައްޗަށް ކުރިހޯދައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮޕްސް ބީ ޓީމުގެ އައިޝަތު ޝަމްހާ އެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމު، ކޮޕްސް ބީ ޓީމުން ތަށި އުފުލާލަނީ

އަންހެން ޑިވިޝަނުގެ މޮޅު ހަތަރު ކުޅުންތެރިންނަކީ ކޮޕްސް ބީ ޓީމުގެ ޖުނެއިނާ ޖާދުﷲ، އައިޝަތު ޝަމްހާ، ލިއުޝާ ޙުސައިން، އަދި އަތޮޅު ހޮސްޕިޓަލުގެ މައުނާ އަބްދުލް އަޒީޒު އާއި އައިޝަތު ރީމާ އެވެ. އެންމެ ގިނަ ލަނޑު ޖެހީ ކޮޕްސް ބީގެ ޖުނައިނާ ޖާދުﷲ އެވެ.

އަންހެން ޑިވިޝަންގެ އެންމެމޮޅު ފަސް ކުޅުންތެރިން

އެންމެ މޮޅު ކޯޗަކީ ކޮޕްސް ބީގެ ކޯޗު އަލީ މާޒިން އެވެ.

މި މުބާރާތަކީ އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓް ޖަމިއްޔާއިން ރަށު ކައުންސިލާ ގުޅިގެން ބޭއްވި މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.