ސެމީގެ ފަހު ޖާގަ ސޮނެވާ އާއި ރޯޔަލް އަށް

ލެވިސްތާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ދުސިތު ތާނީ މޯލްޑިވްސް އަތުން 5-3 އިން ސޮނެވާފުށި މޮޅުވުމުން އެ ޓީމާއި ރޯރަލް އައިލެންޑް ރިސޯޓަށް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ލިބިއްޖެ އެވެ.

މުބާރާތުގެ ގްރޫޕް އޭ އިން ސެމީގެ ޖާގަ ލިބުނީ އަނަންތަރާ އާއި އަމިއްލަ ފުށި ރިސޯޓަށެވެ.

އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސޮނެވާފުށީގެ އާދަމް ނިޒާމު ހަތަރު ލަނޑު ޖެހިއިރު، އިބްރާހީމް މާޖިދު އެއް ލަނޑު ޖެއްސެވެ. ދުސިތުގެ ލަނޑުތައް ޖެހީ އަހްމަދު ނިހާން، ހަސަން ސާޖިދު އަދި އާދަމް ޚަލީލެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ސޮނެވާފުށީގެ އާދަމް ނިޒާމެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެއް ވަނައަށް ދިޔަ އަނަންތަރާ ނުކުންނާނީ ގްރޫޕް ބީގެ އެއް ވަނަ ޓީމު ސޮނެވާފުއްޓާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމެއް ދާނީ ތިން ވަނަ ސެމީ ފައިނަލަށެވެ.  ތިން ވަނަ ސެމީ ފައިނަލުގައި ކުޅޭނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި ގްރޫޕް އޭގެ ދެ ވަނަ ޓީމާއި ގްރޫޕް ބީގެ ދެ ވަނަ ޓީމު ކުޅޭ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ އެވެ

ސޮނެވާ އާއި އަނަންތަރާ ކުޅޭ ސެމީ ފައިނަލު މެޗު ފަށާނީ މާދަމާ ހަވީރު 16:15 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.