އަމިއްލަފުށި ކަޓުވާލުމަށް ފަހު އަނަންތަރާ ފައިނަލަށް

ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލުން މިއަދު 2-0 އިން އަމިއްލަފުށި ރިސޯޓް ބަލިކޮށް އަނަންތަރާ ކިހަވައް ވިލާސް އިން ފައިނަލުގެ ފަހު ޖާގަ ހޯދައިފަ އެވެ.

އަންނަ ހުކުރު ދުވަހު ހަވީރު ކުޅޭ ފައިނަލް މެޗުގައި އަނަންތަރާ ނުކުންނާނީ މެޗަކުން ބަލިނުވެ ފައިނަލުން ފުރުސަތު ހޯދި ސޮނެވާފުއްޓާ ދެކޮޅަށެވެ. ފުރަތަމަ ސެމީގައި ސޮނެވާ އިން ވަނީ 2-1 އިން އަނަންތަރާގެ މައްޗަށް ކުރިހޯދައިފަ އެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގެ 33 ވަނަ މިނިޓްގައި އަނަންތަރާގެ ފުރަތަމަ ލަނޑު ޖެހީ އިޖާޒު އެވެ. އަދި ދެވަނަ ހާފުގެ އިތުރު ވަގުތުގައި އަނަންތަރާއަށް ލީޑުފުޅާކޮށްދިނީ އަޒްމީން އަބްދުއްސައްތާރެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ އަނަންތަރާގެ އިސްމާއިލް ޝާކިރެވެ.

2012 ވަނަ އަހަރުން ފެށިގެން ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކުރި ސޮނެވާފުއްޓެވެ.  މިދިޔަ އަހަރުގެ ފައިނަލުގައި އަނަންތަރާ ބަލިކޮށް ތަށި އުފުލާލީ ފިނޮޅު ރިސޯޓުންނެވެ.

ސޮނެވާ އާއި އަނަންތަރާ ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު 16:00 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.