
ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް އިން އެފްއޭއެމް އާއި ގުޅިގެން އެރަށުގައި އެފްއޭއެމް ޑީ ލައިސަންސް ފުޓްބޯޅަ ކޯޗިން ކޯހެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް ބުނީ ތުޅާދޫ، ހިތާދޫ އަދި ފަޅުތެރޭ ތިން ރަށަށް އަމާޒުކޮށްގެން ބާއްވާ މި ކޯހަކީ އެންމެ ފަހުގެ އަދި އޭއެފްސީ އެޕްރޫވް ކޮށްފައިވާ ކޯހެއް ކަމަށެވެ.
ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ނަމާއި އެޑްރެސް އުމުރު އަދި އީމެއިލް ޖެހުމަށްފަހު 9961119 އަށް އެސްއެމްއެސް ކުރުމަށް އެ ޖަމިއްޔާއިން އެދެއެވެ. ކޯހަށް ހޮވޭ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިކޯސް އޮންނާނީ އޯގަސްޓު 29 އިން ސެޕްޓެމްބަރު 1 އަށެވެ.