ލެވިސްތާ ކަޕް: ސެމީގެ ފަހު ޖާގަ ވެލާ ސިޓީ އަށް

ހުސްސޮގުން ފުޓްބޯޅަ ޓީމުގެ މައްޗަށް 4-3 އިން ކުރިހޯދައި އެންމެފަހުގެ ޗެމްޕިއަން ވެލާ ސިޓީން ލެވިސްތާ ފުޓްބޯޅަ މުބާރާތުގެ ސެމީގެ ފަހު ޖާގަ ހޯދައިފި އެވެ.

ގްރޫޕް ބީ އިން ސެމީގެ ޖާގަ ލިބުނީ އެމްއޭ ޔުނައިޓެޑް އާއި ވެލާ ސިޓީއަށެވެ. ގްރޫޕް އޭ އިން ސެމީގެ ޖާގަތައް ކަށަވަރުކުރީ ސައިނޯސާ އާއި ޔުނައިޓެޑް ވީ އެވެ.

މިއަދު ހަވީރު އޭދަފުށީ ޓާފު ދަނޑުގައި ކުޅުނު މެޗުގައި ލީޑު ނެގީ ހުސްސޮގުންނެވެ. މެޗްގެ 11 ވަނަ މިނިޓްގައި ހުސްސޮގުންގެ ލަނޑު ކާމިޔާބު ކުރީ އަލީ ޒުބައިރު އެވެ. އޭގެ އިރުކޮޅެއް ފަހުން ވެލާ ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިބްރާހިމް ޝަރީފު އެވެ. އަދި ހާފް ނިމުމުގެ ކުރިން އަލީ ޒުބައިރު ވަނީ ހުސްސޮންގުން އަށް ލީޑު ނަގައިދީފަ އެވެ.

ދެވަނަ ފާހު ފެށި ތަނާ ވެލާ ސިޓީން ވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހްމަދު ތަސްނީމެވެ. މެޗުގެ 48 ވަނަ މިނިޓްގައި ވެލާ އަށް ލީޑް ނަގައިދިނީ އަހްމަދު ޝުހައިލް އެވެ. އަދި އޭގެ ނުވަ މިނިޓް ފަހުން ވެލާގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ޚަލީލު އެވެ. މެޗުގެ 70 ވަނަ މިނިޓްގައި ހުސްސޮގުންގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު އަފްނާނު އެވެ.

މި މެޗުގެ މޮޅުން ކުޅުންތެރިޔާއަށް ހޮވުނީ ވެލާސިޓީގެ ނިޝާމު މުޙައްމަދު ރަޝީދު އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ސައިނޯސާ ނުކުންނާނީ ވެލާ ސިޓީއާ ދެކޮޅަށެވެ. ދެވަނަ ސެމީގައި ހުކުރު ދުވަހު އެމްއޭ ޔުނައިޓެޑް އާ ދެކޮޅަށް ނުކުންނާނީ ޔުނައިޓެޑް ވީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.