ލެވިސްޓާ ކަޕް: ފައިނަލުގެ ފަހު ޖާގަ އެމްއޭ ޔުނައިޓެޑަށް

ބޮޑު އީދު ބަންދާ ދިމާކޮށް އޭދަފުށީގައި މިހާރު ކުރިއަށްގެންދާ ލެވިސްޓާ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗުން 3-1 އިން ޔުނައިޓެޑް ވީ ބަލިކޮށް ފައިނަލްގެ ފަހު ޖާގަ އެމްއޭ ޔުނައިޓެޑުން ހޯދައިފި އެވެ.

މާދަމާ ހަވީރު ކުޅޭ ފައިނަލް މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރަށުގެ މެދު ސަރަހައްދަށް ނިސްބަތްވާ އެމްއޭ ޔުނައިޓެޑް ނުކުންނާނީ މިފަހަރުގެ މުބާރާތަށް ޓީމު ވަރުގަދަކޮށްގެން ނުކުތް އިރުމަތީ ސަރަހައްދަށް ނިސްބަތްވާ ސައިނޯސާ އާ ދެކޮޅަށެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ޔުނައިޓެޑް ވީ އިންނެވެ. އެ ޓީމަށް އެ ލަނޑު ހަތް ވަނަ މިނިޓްގައި އައިމާން ހަބީބެވެ.  ދެވަނަ ހާފް ފެށިތަނާ ހައްފާފު ސިދުގީ ވަނީ އެމްއޭ ޔުނައިޓެޑަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި 74 ވަނަ މިނިޓްގައި އެމްއޭ ޔުނައިޓަށް ލީޑު ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ އަލީ ސައީދެވެ. އޭގެ ކުޑައިރުކޮޅެން ފަހުން ތިންވަނަ ލަނޑުވެސް ޖަހައިދިނީ އަލީ ސައީދު އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ ވެސް އަލީ ސައީދެވެ.

ބޮޑު އީދު ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމު ސައިނޯސާ އާއި އެމްއޭ ޔުނައިޓެޑް މާދަމާ ބައްދަލުކުރާ ފައިނަލްގެ ފޯރި މިވަނީ ގަދަވެފައެވެ. ރަށުގެ ދެ ސަރަހައްދަށް ނިސްބަތްވާ ދެ ޓީމުގެ ކުރިމަތިލުމަކަށް ވުމާ އެކު ވާދަވެރިކަން ވެސް ވަރަށް ބޮޑެވެ.

މި ދެ ޓީމުގައި ވެސް މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު މުހިއްމު ގިނަ ކުޅުންތެރިން ކުޅެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.