ގޯލްޑެން ފުޓްސަލް ޗެލެންޖް: އޭދަފުށި ފައިނަލަށް، މަރުހަބާ!

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ފައިނަލަށް އޭދަފުށީ ފުޓްސަލް ޓީމު ދަތުރުކޮށްފި އެވެ. 66 ޓީމުން ބައިވެރިވި މުބާރާތުގެ ފައިނަލުގެ ޖާގައެއް އޭދަފުށިން ކަށަވަރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 3-2 އިން ށ. ގޮއިދޫ ބަލިކޮށްގެންނެވެ.

މިއީ މުބާރާތުގައި އޭދަފުށިން ވާދަކުރާ ދެ ވަނަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ކެޓީ ޕެނަލްޓީ ޖަހައިގެން މާފަންނު އަތުން ބަލިވުމުންނެވެ. މިރޭގެ މެޗަށް އޭދަފުށީ ޓީމުން ނުކުތީ އެންމެ މުހިއްމު ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) ނުލަ އެވެ. އެކަމަކު ސައްޓު ނެތަސް ޓީމުން ވަނީ މެޗުން މޮޅުވުމުގައި ހިތްވަރުކޮށްފަ އެވެ.

މިރޭގެ މެޗުގެ ކުރީކޮޅު އޭދަފުށީ ޓީމަށް ލީޑު ނަގައިދިނީ އަބްދުﷲ އަބޫބަކުރު އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޮއިދޫ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އޭދަފުށިން ދެ ވަނަ ފަހަރަށް ލީޑު ނަގާފައިވަނިކޮށް ގޮއިދޫ ޓީމުން ވަނީ 2-2 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ. މެޗުގައި އޭދަފުށީ ޓީމުގެ ދެ ވަނަ ގޯލު ޖެހީ ހައިޝަމް ހަސަން އެވެ. އޭދަފުށިން ފައިނަލުގެ ޖާގައެއް ޔަގީންކުރީ މެޗުގެ ފަހު ވަގުތުކޮޅު ތެރޭގައި އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) ވައްދާލި ގޯލުންނެވެ. މިއީ ހައިޝަމް އާއި އަލީ ފާސިރު (ސެންޓޭ) ގެ އެހީތެރިކަމާއެކު ސޮބީ ކާމިޔާބުކުރި ގޯލެވެ. މި ގޯލަށް ފަހު އިރުކޮޅެއްތެރޭ މެޗު ވަނީ ނިމިފަ އެވެ.

މިފަހަރުގެ މުބާރާތުގައި އޭދަފުށިން ވަނީ އަތޮޅު ބުރާއި ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ދެ ވަނަ ބުރުގެ މެޗުގައި ހދ. ނައިވާދޫ ބަލިކުރިއިރު ކުއާޓާ ފައިނަލުގައި ވަނީ ރ. އިނގުރައިދޫ އަތުން މޮޅުވެފަ އެވެ. މުބާރާތުގެ ފައިނަލުގައި އޭދަފުށި ނުކުންނާނީ ލ. ގަމާއި ތ. ތިމަރަފުށި ވާދަކުރާ ދެ ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ރެ އެވެ.

ފައިނަލަށް ދިއުމަށް އޭދަފުށީ ކުޅުންތެރިން ކުރި ބުރަށް މަސައްކަތަށް “އޭދަފުށި ޓައިމްސް” ގެ ނަމުގައި ހޫނު މަރުހަބާއެއް ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. Avatar
    ޔޫސުފް

    އޭދަފުށި ޓީމުގެ ހުރިހާ ކުޅުންތެރިން އޮފިސަލުން އަދި ޓިމަށް ސަޕޯރޓް ކުރައްވާ ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔަން..

    ރައްދު
  2. Avatar
    ޢިމްރާން

    މަރުހަބާ ސެންޓޭ އަދި އޭދަފުށީ ޓީމުގެ ހުރިހާ ކުޅުންތެރިން! އިރާދަ ކުރެއްވިއްޔާ ފައިނަލް މެޗް ވެސް އޭދަފުށްޓަށް ކާމިޔާބު ކުރެވޭނެ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.