އެކުވެރިކަމުގެ މެޗަކަށް މާޒިޔާގެ 15 އަހަރުން ދަށުގެ ޓީމު އޭދަފުށީގައި

އަންނަ އަހަރު އޮންނަ ޔޫތު މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން އެފްއޭއެމް އޭދަފުށި 15 އަހަރުން ދަށުގެ އެލީޓް ޓީމާއި މާޒިޔާ އެކަޑަމީގެ 15 އަހަރުން ދަށުގެ ޓީމާއެކު މިއަދު ހަވީރު އެކުވެރިކަމުގެ މެޗެއް ކުޅޭ ގޮތަށް ރާވައިފި އެވެ.

ޒޯން ޑިވެލޮޕްމަންޓް އޮފިސަރު މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ މި މެޗު އޮންނާނީ މިއަދު ހަވީރު 3:45 ގައި އޭދަފުށީ ޓާފު ދަނޑުގައި ކަމަށެވެ.

އެފްއޭއެމް އޭދަފުށީ ފުޓްބޯލް ޑިވެލޮޕްމަންޓް އޮފީހުން ރާވާ މި މެޗަކީ އޭދަފުށީގައި އެފްއޭއެމް އިން ކުރިއަށްގެންދާ ޔޫތު ޑިވެލޮޕްމަންޓްގެ ހުނަރުވެރި ކުޅުންތެރިންގެ ފެންވަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ބައްޓޭ ބުންޏެވެ.

“މި މެޗުގައި އެއްކޮޅުން މި ކުޅެނީ މުޅި މާޒިޔާގެ 15 އަހަރުން ދަށުގެ ޓީމެއް. އަނެއްކޮޅުން 15 އަހަރުން ދަށުގެ އޭދަފުށީ އެލީޓް ޓީމު. އެހެންވެ ވަރަށް ފޯރިގަދަ މެޗަކަށް ވެގެންދާނެ،”

ގުޅުންހުރި ލިޔުންތައް