ބ. ދަރަވަންދޫގައި ކުށްމަދުކުރުމުގެ ޕްރޮގުރާމެއް ހިންގައިފި

ބ. ދަރަވަންދޫގައި ކުށްމަދުކުރުމުގެ ޕްރޮގްރާމެއް ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގައިފި އެވެ.
ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމުގެ ދަށުން ބ އަތޮޅު މަދަރުސާގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ކުށް މަދުކުރުމަށް ހޭލުންތެރިކުރުވުމުގެގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގުރާމެއް ވަނީ އެ ސްކޫލުގައި ހިންގައިފަ އެވެ. އަތޮޅު މަދަރުސާގެ ހޯލުގައި މިމަހު ދެ ވަނަ ދުވަހުގެ ރޭ ކުރިއަށްގެންދިޔަ މިޕްރޮގުރާމްގައި މަސްތުވާތަކެއްޗަކީ ކޮބައިކަމާއި، އަދި މަސްތުވާތަކެއްޗާ ބެހޭ ތަފާތު މަޢުލޫމާތުތަކާއި، ޓްރެފިކާ ބެހޭ މައުލޫމާތު ދީފައިވާ ކަމަށް މިރަށު ޕޮލިސް ސްޓޭޝަނުން ބުންޏެވެ.
މީގެއިތުރުން ހަމައެރޭ ދަރަވަންދޫގައި ޓްރެފިކް ޚާއްސަ އޮޕަރޭޝަނެއް ވެސް ވަނީ ހިންގައިފަ އެވެ. މި އޮޕަރޭޝަން ހިންގުމުގެ އެންމެ ބޮޑު މަގުސަދަކީ، ދަރަވަންދޫ އަކީ މި އަތޮޅުގައި ޓްރެފިކް މައްސަލަތައް އެންމެ ގިނަ އެއްރަށަށް ވުމުން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެރަށުގައި ކުރިޔަށް ގެންދެވުނު އޮޕަރޭޝަންގައި ޗެކްކުރެވުނު އެއްވެސް އުޅަނދަކުން ގަވައިދާ ހިލާފު އެއްވެސްކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ބ.އޭދަފުށި ޕޮލިސް ސްޓޭޝަންގެ ފަރާތުން ކުށްމަދުކުރުމުގެ ޕްރޮގާރާމުގެ ދަށުން މިއަތޮޅުގެ އެކިރަށްރަށުގެ ސަރުކާރު މުއައްސަސާތަކާއި ކްލަބް ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެންދަނީ އާންމުން ހޭލުންތެރި ކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.