ދިރާގު ރޯޑްރޭހުގެ އިނާމުތައް ރަސްމީކޮށް ހަވާލުކޮށްފި

ދިރާގު ރޯޑް ރޭހުގައި އަންހެނުންގެ 10 ކިލޯމީޓަރުގެ ބައިން އެއް ވަނަ ހޯދި މުއީނާއާ އިނާމު ހަވާލުކުރަނީ
ދިރާގު ރޯޑް ރޭހުގައި އަންހެނުންގެ 10 ކިލޯމީޓަރުގެ ބައިން އެއް ވަނަ ހޯދި މުއީނާއާ އިނާމު ހަވާލުކުރަނީ

 

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ރަސްމީކޮށް މިއަދު އިނާމުތައް ހަވާލުކޮށްފި އެވެ.

ދިރާގުގެ މައި އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިނާމުތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން އެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް އިމްޖާދު ޖަލީލު ވިދާޅުވީ އިނާމުތައް ރަސްމީކޮށް ހަވާލުކުރީ ރޯޑް ރޭހަކީ ބައިނަލްއަގުވާމީ ދުވުމަކަށްވާތީ، ވަނަތައް ވެރިފައި ކުރުމަށްފަހު ކަމަށެވެ.

ދިރާގުން މި އަހަރުގެ ރޯޑްރޭސް ބާއްވާފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށެވެ. މި އަހަރުގެ ދުވުމުގައި ބައިވެރިކުރި ހަ އެންޖީއޯއަކަށް އެ ކުންފުނިން އެއް ލައްކަ ރުފިޔާ ވެސް ދީފައިވެ އެެވެ. މީގެ އިތުރުން މި ދުވުމުގައި ބައިވެރި ހަ އެންޖީއޯއިން އަމިއްލައަށް ޓީޝާޓު ވިއްކައިގެން ވެސް ފަންޑް ހޯދާފައިވެ އެވެ. އަދި ބައެއް ކުންފުނިތަކުން ވެސް އެހީ ދީފައިވެ އެެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.