ދިރާގު ރޯދަ ހަދިޔާގައި މިފަހަރު ވެސް އަގުބޮޑު އިނާމުތަކެއް

ރޯދަ ޕްރޮމޯޝަނާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ / ދިރާގު
ރޯދަ ޕްރޮމޯޝަނާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން– ފޮޓޯ / ދިރާގު

 

ދިރާގުން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ “ރޯދަ ހަދިޔާ” ޕްރޮމޯޝަން އަގުބޮޑު އިނާމުތަކާއެކު ފަށައިފި އެވެ

ދިރާގުގެ މައި އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ވިދާޅުވީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެއްވެސް ކަސްޓަމަރަކު ވަކިކަމެއް ކުރަން ނުޖެހޭ ކަމަށާއި އެއީ ދިރާގުގެ ކަސްޓަމަރުންގެ ތެރެއިން ނަގާ ގުރުއަތަކުން ދެވޭ ހަދިޔާތަކެއް ކަމަށެވެ.

ދިރާގުން ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ރޯދަ ހަދިޔާގައި ހަފުތާ އިނާމުގެ ގޮތުގައި ދެނީ އެލިޔާ ކުންފުނިން މި ޕްރޮމޯޝަނަށް ހަދިޔާކޮށްފައިވާ ޔަމަހާ ސައިކަލްތަކެވެ. މީގެ ސައިކަލެއް ލިބުމުގެ ފުރުސަތު ދިރާގުން ބިލްކޮށްގެން ހިދުމަތެއް ހޯދާ ކޮންމެ ކަސްޓަމަރަކަށްް ވެސް ލިބެ އެވެ. މި ސައިކަލް ލިބޭ ކަސްޓަމަރަކު އިހުތިޔާރުކުރާ ބްރޭންޑެއްގެ ސައިކަލެއް ނެގުމުގެ ފުރުސަތު ވެސް އޮވެ އެވެ.

ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަންގައި މި އިނާމުގެ އިތުރުން ރޯދަ މަސް ނިންމާފައި ދޭ ބޮޑު އިނާމު ވެސް މި އަހަރު މުޅިން ތަފާތެވެ. މި އިނާމުގެ ގޮތުގައި ދެނީ އިވޯ ހޯމްއިން ހުށަހަޅާފައިވާ ބައި މިލިއަން ރުފިޔާގެ އަގު ހުރި ގޭގެ ސާމާނެވެ. މި އިނާމުގައި ދިރާގުގެ ޕޯސްޓް ޕެއިޑާއި ޕްރިޕެއިޑް ކަސްޓަމަރުންނަށްް ވެސް އޮޓަމެޓިކުން ބައިވެރިވެވެ އެވެ. މި އިނާމަށް ދެނީ ގޭގެ ތިން ކޮޓަރި ޒީނަތްތެރިކޮށްލުމަށް ބޭނުންވާ ހުރިހާ ސާމާނެވެ. އެ ސާމާނުގެ ތެރޭގައި ބަދިގޭ ސެޓާއި ފަރުނީޗަރު ސެޓު އަދި ބެޑްރޫމް ސެޓުގެ އިތުރުން އައިސް އަލަމާރި ފަދަ ހުރިހާ ސާމާނެއް ހިމެނެ އެވެ.

މި އަހަރުގެ ރޯދަ މަހު ވެސް ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުން ހުކުރު ދުވަހު މުޅިން ހިލޭ ފޯނުކޮށްލުމުގެ ފުރުސަތު ވަނީ ދީފަ އެވެ. މި ހިދުމަތް ހޯދުމަށް އެފްއެފް ޖެހުމަށް ފަހު 343 އަށް މެސެޖު ކުުރުމުން ހަފުތާގެ ތެރޭގައި 75ރ. ހޭދަކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ހުކުރު ދުވަހު މުޅިން ހިލޭ ގުޅައިލެވެ އެވެ. އަދި އަލަށް ޕްރިޕެއިޑްގެ ހިދުމަތް ހޯދާ ކަަސްޓަމަރުންނަށް 150 އެމްބީ ހިލޭ ދިމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

ދިރާގުން ބުނީ މި އަހަރު ވެސް ސައުދީ އަރަބިއްޔާއަށް މިނެޓަކަށް 1.89ރ. އަށް ގުޅޭލެވޭނެ ކަމަށެވެ. މީގެ އިތުރުން އައިޑީޑީ 910 ހިދުމަތް ބޭނުންކޮށްގެން އެހެން ގައުމުތަކަށް ވެސް އަގު ހެޔޮކޮށް ގުޅޭނެ އިންތިޒާމު އެ ކުންފުނިން ވަނީ ހަމަޖައްސާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.