ހިތާދޫ އަދި ދަރަވަންދޫ ކޯޓަށް އިސްމެޖިސްޓްރޭޓުން އައްޔަންކުރަނީ

ހިތާދޫ ކޯޓު ކުރިމައްޗަށް ބަޔަކު އެއްވެފައި: އެ ކޯޓަށް އިސް މެޖިސްޓްރޭޓަކު އައްޔަން ކުރަން ޖޭއެސްސީން ވަނީ ނިންމާފައި — ފޮޓޯ: ހިތާދޫ އޮންލައިން

ބ. ހިތާދޫ މެޖިސްޓްރޭޓް ކޯޓަށާއި ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓުން އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސިން ހިތާދޫ ކޯޓްގެ އިސް މެޖިސްޓްރޭޓް ކަމަށް އެރަށު ރަނައުރާގޭ، އުންމު ކުލްސޫމް އަބޫބަކުރާއި، ބ. ދަރަވަންދޫ ކޯޓްގެ އިސް މެޖިސްޓްރޭޓް ކަމަށް ބ. މާޅޮހު ނަފާ ޕެލަސް، އަބްދުއް ރަޝީދު ޔޫސުފް އައްޔަން ކުރުމަށްވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ފަސް މެޖިސްޓެރޭޓް ކޯޓަކަށް ވެސް އިސް މެޖިސްތްރޭޓުން އައްޔަންކުރުމަށްވަނީ ނިންމަވައިފަ އެވެ. އެއީ ރ. މަޑުއްވަރީ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ޅ. ކުރެންދޫ ބޮޑުގަސްދޮށުގޭ ހުސެއިން އިބްރާހިމާއި އެއަތޮޅު މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އެރަށު ޖަވާހިރުމާގޭ އަދުނާން ހުސެއިނާއި ސ. މީދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އެރަށު ދޮންދީދީމަންޒިން ޝެއިޚު މުހައްމަދު ތައްޔިބާއި އދ. ފެންފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ގ. ނޫރާނީވިލާ ޝީރީން ނާހިދާ ލަތީފްގެ އިތުރުން ކ. ގާފަރު ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ސ. ފޭދޫ ބެލޫން މަރިޔަމް ވަހީދު އެވެ.

ޖޭއެސްސީ އިން ބުނީ ހަތް މެޖިސްޓްރޭޓް ކޯޓަކަށް އިސް މެޖިސްޓްރޭޓުންގެ ގޮތުގައި ހަތް ބޭފުޅަކު ހަމަޖެއްސުމަށް އެ ކޮމިޝަނުން އިއްޔެ ނިންމާފައި ވަނީ އެކަމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށް ފަހު ކަމަށެވެ. އަދި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލު ކުރުމާ ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ ހަފްތާގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.