ދިރާގު ރޯދަ ބޮޑު ހަދިޔާގެ ނަސީބުވެރިން

ދިރާގު އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް އިމްޖާދް ޖަލީލާއި އެލިއާ އިންވެސްޓްމެންޓް ޕްރިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އަހުމަދު ސަޢީދު، ދިރާގު ބޮޑުހަދިޔާގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިފަރާތް އަހުމަދު ރިޒާއާއި ރަމްޒީ ސައިކަލު ތަޅުދަނޑި ހަވާލު ކުރަނީ. ފޮޓޯ / ދިރާގު.
ދިރާގު އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް އިމްޖާދް ޖަލީލާއި އެލިއާ އިންވެސްޓްމެންޓް ޕްރިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އަހުމަދު ސަޢީދު، ދިރާގު ބޮޑުހަދިޔާގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިފަރާތް އަހުމަދު ރިޒާއާއި ރަމްޒީ ސައިކަލު ތަޅުދަނޑި ހަވާލު ކުރަނީ. ފޮޓޯ / ދިރާގު.

 

‘ދިރާގު ހަފްތާގެ ރޯދަބޮޑު ހަދިޔާގެ’ ހުރިހާ ނަސީބުވެރިން މިހާރު މިވަނީ ހޮވާ އަދި އިނާމުވެސް ހަވާލުކޮށް ނިމިފަ އެވެ.

ދިރާގު ހަފްތާގެ ރޯދަބޮޑު ހަދިޔާ ގެ މި އަހަރުގެ ޕާޓްނަރު ކަމަށްވާ އެލިޔާ އިންވެސްޓްމަންޓް ޕްރިވެޓް ލިމިޓަޑާއި ގުޅިގެން ރަމަޟާން މަހުގެ ކޮންމެ ހަފަތާއަކު ހުރިހާ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރޭން ހޮވޭ ނަސީބުވެރި ކަސްޓަމަރަކަށް، އެ ބޭފުޅަކު ބޭނުންވާ ޔަމަހާ ބްރޭންޑުގެ ސައިކަލެއް ވަނީ ދީފަ އެވެ. ނަސީބުވެރި ފަރާތްތަކަށް ޔަމަހާ ޒިއޮން، ޔަމަހާ ފީނޯ، ޔަމަހާ ޖުޕިޓާ އަދި އެންމެ ތެޔޮ ހަރަދު ކުޑަ އެއް ސައިކަލުކަމުގައިވާ ސޯލްޖީޓީ އިހްތިޔާރުކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

އެލިއާ އިންވެސްޓްމެންޓް ޕްރިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އަހުމަދު ސަޢީދު ވިދާޅުވީ އެލިއާއިން ވިއްކާ ޔަމަހާ ސައިކަލް ތަކަކީ ރާއްޖޭގެ މާކެޓަށް، މާކެޓް އެޑަޕްޓިބިލިޓީ ސްޓަޑީ ހެދުމަށް ފަހު ތަޢާރަފް ކުރެވިފައިވާ ސައިކަލްތަކަކަށްވާތީ އެއީ ރާއްޖެއަށް ވަރަށް އެކަށީގެން ވާ ސައިކަލްތަކެއް ކަމަށެވެ.

“ރަމަޞާން މަހުގެ މި ޕްރޮމޯޝަން ދިރާގާއި ގުޅިގެން ކުރިޔަށް ގެންދިޔުމުން، ގިނަ ބަޔަކަށް ޔަމަހާ ސައިކަލް ލިބުމުގެ ފުރުސަތު ހުޅުވިގެން ދިޔަކަމަށް އަޅުގަނޑުމެން ގަބޫލުކުރަމެވެ. އަދި މިހާރު ޔަމަހާ ސައިކަލެއް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް އިސްލާމިކް ޝަރީއާ ހުއްދަކުރާ އުސޫލްގެ މަތިން ފައިސާ ދެއްކޭނެ އުސޫލު ހަމަޖެހިފައިވެ އެވެ،” ސައީދު ވިދާޅުވި އެވެ.

މިއީ ދިރާގު މަހުފީ ދައްކަވަމުން ގެންދަވާ ކަސްޓަމަރުން (ފިކްސްޑް ލައިން، އޭޑީ.އެސް.އެލް، ޕޯސްޓް ޕެއިޑް މޯބައިލް އަދި ޕޯސްޓްޕެއިޑް ޓަޗްނެޓް) ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގި ލަކީ ޑްރޯ އެކެވެ. ކޮންމެ ހަފަތާއެއްގެ އާދިއްތަ ދުވަހު ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރެއްގެ ގޮތުގައި ތިއްބަވާ ހުރިހާ ބޭފުޅުން މިލަކީ ޑްރޯގައި ވަނީ ހިމެނިގެން ގޮސްފަ އެވެ.

 ނަސީބު ވެރިންގެ ތަފްސީލު:

ދިރާގު ބޮޑުހަދިޔާގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިފަރާތް އަހުމަދު ރިޒާ ރިޒާ އިހްތިޔާރު ކުރެއްވި ޔަމާހާ ޒިއޮންއާއި އެކު.-- ފޮޓޯ / ދިރާގް
ދިރާގު ބޮޑުހަދިޔާގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިފަރާތް އަހުމަދު ރިޒާ ރިޒާ އިހްތިޔާރު ކުރެއްވި ޔަމާހާ ޒިއޮންއާއި އެކު.– ފޮޓޯ / ދިރާގް

ހަފްތާ 1

އަހުމަދު ރިޒާ، މ. މެޑަލްމާގެ އާގެ

ހޮވުނު ނަންބަރު: 3337774

ކަސްޓަމަރު އިހްތިޔާރު ކުރެއްވި ސައިކަލު މޮޑެލް: ޔަމަހާ ޒިއޮން

“އަޅުގަނޑަކީ ވަރަށް ދުވަސްވީ ދިރާގު ކަސްޓަމަރެއް، އެހެންނަމަވެސް މިފަދަ ގުރުވަތަކުން އެއްވެސް ކަމެއް ނުކޮށް ހުއްޓާ މިހާ އަގުހުރި އިނާމެއް ލިބިގެން ހިނގައިދާނެ ކަމަކަށް އެއްވެސް އުއްމީދެއް ނުކުރަން. ލިބިގެން ދިޔައީ ބޮޑު ސިހުމެއް. ވަރަށް އެފާވެރި ކަމެއް ލިބިގެން ދިޔައީ. ހީވެސް ނުކުރަން ކޮޓަރި ތެރޭގަ ބޭނުން ކުރާ ފިކްސްޑް ފޯނުލައިން ގެންގުޅެގެން މިފަދަ އަގުރި އިނާމެއް ލިބިދާނެއޭ. ދިރާގުން އަޅުގަނޑުމެން ކަސްޓަމަރުންގެ އަގު ވަޒަންކޮށް މިފަދަ ހަދިޔާތައް ދެއްވާކަމީ ވަރަށް އެފާކުރާ ކަމެއް. އެލިޔާއަށްވެސް ވަރަށްބޮޑަށް ޝުކުރު ދަންނަވަން.”  އަހުމަދު ރިޒާ

ދިރާގު އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް އިމްޖާދް ޖަލީލާއި އެލިއާ އިންވެސްޓްމެންޓް ޕްރިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އަހުމަދު ސަޢީދު، ދިރާގު ބޮޑުހަދިޔާގެ ދެވަނަ ހަފްތާގެ ނަސީބުވެރިފަރާތް އައިމިނަތު ސުނީލާއާއި ރަމްޒީ ސައިކަލު ތަޅުދަނޑި ހަވާލު ކުރަނީ.
އައިމިނަތު ސުނީލާއާއި ރަމްޒީ ސައިކަލު ތަޅުދަނޑި ހަވާލު ކުރަނީ.

ހަފްތާ 2 

އައިމިނަތު ސުނީލާ، އަދާ، ހަވީރީ ހިނގުން، ނ.ވެލިދޫ

ހޮވުނު ނަންބަރު: 7910563

ކަސްޓަމަރު އިހްތިޔާރު ކުރެއްވި ސައިކަލު މޮޑެލް: ޔަމަހާ ޒިއޮން

“މިފަދަ ބޮޑު އިނާމެއް އަޅުގަނޑަށް ލިބިގެން މިދިޔައީ ފުރަތަމަ ފަހަރަށް. ބޮޑު ސަޕްރައިޒަކަށް ވީ، ވަރަށް ބޮޑަށް އުފާވި. ނަންބަރު ގެންގުޅެނީ އަޅުގަނޑުގެ ފިރިމީހާ އެކަމަކު އަޅުގަނޑުމެން ދެމީހުނަށް ލިބުނު ބޮޑު ހަދިޔާއެއް މީ. އަޅުގަނޑުގެ ރަށުގަ ނ.ވެލިދޫގައި ހުއްޓާ މިއުފާވެރި ހަބަރު ލިބުނީ. ހަމަ ލިބުމާއި އެކު އަޅުގަނޑާއި އަޅުގަނޑުގެ ފިރިމީހާ މަސައްކަތް ކުރީ އިނާމާއި ހަވާލުވާން ސީދާ މާލެ އަންނަން. ލައިސަންސެއް އަދި އަޅުގަނޑު އަތުގައެއް ނެއް، އެހެން ނަމަވެސް ލައިސަންސް ނަގައިގެން އިރާދަކުރެއްވިޔާ ސައިކަލް ދުއްވަން އަޅުގަނޑު ގެންދާނީ ހަމަ އަޅުގަނޑުގެ ރަށަށް. ދިރާގަށާއި އެލިޔާއަށް ވަރަށް ބޮޑު ޝުކުރެއް ދަންނަވަސް،” އައިމިނަތު ސުނީލާ

ތިން ވަނަ ހަފްތާގެ ނަސީބުވެރިފަރާތް އަބްދުﷲ ސުނިލް އިހްތިޔާރު ކުރެއްވި ސައިކަލު ޔަމަހާ ޖުޕިޓަރއާއި އެކު
ތިން ވަނަ ހަފްތާގެ ނަސީބުވެރިފަރާތް އަބްދުﷲ ސުނިލް އިހްތިޔާރު ކުރެއްވި ސައިކަލު ޔަމަހާ ޖުޕިޓަރއާއި އެކު

ހަފްތާ 3 

އަބްދުﷲ ސުނިލް، ގ. ޑޮލްފިން ހައުސް އުތުރު ބައި

ހޮވުނު ނަންބަރު: 7909111

ކަސްޓަމަރު އިހްތިޔާރު ކުރެއްވި ސައިކަލު މޮޑެލް: ޔަމަހާ ޖުޕިޓަރ

 

ސުނިލް ވިދާޅުވީ: ‘އަޅުގަނޑު މިއުޅެނީ ޔަމަހާ ސައިކަލެއް ގަންނަން ވަރަށް ބޭނުންވެގެން އެކަން ކުރަން ހިތުގަ އަޅައިގެން. މިހެން ހުއްޓާ މިފަދަ ބޮޑު ނަސީބެއް ލިބުމުން ވަރަށް އުފާވި. ހަމަ ހައިރާންވި މިހާ ބޭނުންވެފަ ހުރި އެއްޗެއް އެއްވެސް ކަމެއް ނުކޮށް ހުއްޓާ ލިބުމުން. ދިރާގުގަ އެހާ ގިނަ ކަސްޓަމަރުން އުޅުނިކޮން އަޅުގަނޑަށް ލިބިގެން ހިނގައިދާނެ ކަމަކަށް އުއްމީދެއްވެސް ނުކުރަން. ވަރަށް ބޮޑަށް ދިރާގަށް ޝުކުރު އަދާކޮށްލަން ބޭނުންވޭ މިކަހަލަ ކޫލް އިނާމު ލިބޭކަހަލަ ޕްރޮމޯޝަންސް ހިންގާތީ. އެލިޔާއިން ބޭންނުން ސައިކަލެއް ޗޫސް ކުރަން ލިބޭތީވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ،” އަބްދުﷲ ސުނިލް

ހަފްތާ 4 | ރައުނާ މުހައްމަދު ރަޝާދު، މއ. މަލިކު ވިއު

ހޮވުނު ނަންބަރު: 7777546

ކަސްޓަމަރު އިހްތިޔާރު ކުރެއްވި ސައިކަލު މޮޑެލް: ސައިކަލަށް ވާވަރަށް ފައިސާ. މިއީ ފުރަތަމަ ފަހަރަށް މިފަދަކަމެއް ކުރި ފަހަރު. ނަސީބު ވެރިފަރާތުގެ ކެންސަރުގެ ބަލީގައި އޮތް ބަލި ދަރިފުޅުގެ ބޭސް ފަރުވާއަށް.

‘އަޅުގަނޑުގެ ކުޑަ އަންހެންދަރިފުޅު ކެންސަރުގެ ބަލީގައި ވަރަށް ވޭނުގައި ދަނީ ދުވަސްތައް ހޭދަ ކުރަމުންނެވެ. މިއަދު އަޅުގަނޑަށް މިލިބުނީ ﷲ އަޅުގަނޑުގެ ދަރިފުޅަށް މިންވަރުކުރެއްވި ބޮޑު ނިޢުމަތެއް. މިސައިކަލަށް ވާވަރަށް ފއިސާ ދެއްވާގޮތައް ދިރާގާއި އެލިއާ އިންވެސްޓްމެނެޓުން އެއްބަސް ވެވަޑައިގަތުމަކީ އަޅުގަނޑުގެ އާއިލާއަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް. ސަބަބަކީ މިވަގުތަކީ އަޅުގަނޑުގެ ބަލި ދަރިފުޅަށް އަވަސް ޝިފާއެއް ލިބޭތޯ ބޭސްފަރުވާކުރުމަށް ފައިސާ އެންމެބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅު. ދިރާގުން މިފަދަ ޕްރޮމޯޝަނެއް އަޅުގަނޑުމެން ކަސްޓަމަރުންނަށް ގެނގޮސް ދެއްވާ ކަމީ ނިކަމެތިންނަށާއި މުހިއްމު ޒަރޫރީ ބޭނުންތަކަށް އެދި އެދި ތިބޭ ނިކަމެތިންނަށްވެސް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް. އެލިއާ އަދި ދިރާގަށް ޝުކުރިއްޔާ ވަރަށް ބޮޑަށް،” ރައުނާ މުހައްމަދު ރަޝާދު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.