
ދިރާގު ވެބްސައިޓް މެދުވެރިކޮށް މެދުވެރިކޮށް، އެ ކުންފުނީގެ ހިދުމަތްތަކުގެ ބިލްތައް ދައްކައިގެން 100 މީހުންނަށް 1000 ރުފިޔާގެ އިނާމެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.
ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އޮންލައިން މާކެޓިން އެގްޒެކްޓިވް އިބްރާހިމް ސޮބާހް ވިދާޅުވީ އެ ޕްރޮމޯޝަންގައި ދިރާގުގެ ވެބް ސައިޓް މެދުވެރިކޮށް ބިލް ދެއްކުމުން ބައިވެރިވެވޭނެ ކަމަށެވެ.
“ވަކި މިންވަރެއްގެ ބިލަކަށް ވާކަށް ނުޖެހޭ ކުޑަ އަދަދަކުން ވިޔަސް ބޮޑު އަދަދަކުންވިޔަސް ބިލް ދައްކާ ހިސާބުން ޕުރޮމޯޝަން ގައި ބައިވެރިވެވޭނެ” ސޮބާހް ވިދާޅުވި އެވެ.
ދިރާގުގެ މެނޭޖާ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން މުހައްމަދު މިރުޝާން ވިދާޅުވީ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 15 ގެ ނިޔަލަށް ކަމަށެވެ. އަދި އެ ޕްރޮމޯޝަންގެ ފުރަތަމަ ގުރުއަތުލުން އަންނަ މަހު 18 ގައި ގުރުއަތުން ނަގާނެ ކަމަށާއި އެގުރުއަތުން50 ފަރާތަކަށް 1000 ރުފިޔާ ލިބިގެންދާނެ ކަމަށެވެ.
މިރުޝާން ވިދާޅުވި ގޮތުގައި މި ޕްުރޮމޯޝަންގެ ދަށުން ކޮންމެ ފަރާތަކަށް ލިބޭ 1000 ރުފިޔާއެއް ލިބިގެންދާނީ އެ ކަސްޓަމަރެއްގެ ބިލުން ކެނޑޭ ގޮތަށެވެ.