ކުނި ނައްތާލުމާ ބެހޭ ބައްދަލު ވުމެއް ހިތާދޫގައި ބާއްވައިފި

ބ. ހިތާދޫ ކުނިކޮށްޓަށް ކުނި ޖަމާކޮށްފައި ފައިލް ފޮޓޯ – ހިތާދޫ އޮންލައިން

ބ. ހިތާދޫގައި އުފެދޭ ކުނި ރަށު ފެންވަރުގައި ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ހިތާދޫ ސްކޫލުގައި ބާއްވައިފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި ހިތާދޫ ކައުންސިލް ގުޅިގެން އިއްޔެ މެންދުރުފަހު ކުރިއަށް އެރަށުގައި ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި ބައިވެރިން މަޝްވަރާކޮށްފައިވަނީ ރަށުގައި އުފެދޭ ކުނި ރައްކާތެރި ކަމާއިއެކު ދެމެހެއްޓެނިވި ގޮތަށް ނައްތާލުމުގެ ޕްލޭނެއް އެކުލަވާލުމާއި ގުޅޭގޮތުންނެވެ.

އީޕީއޭ ގެ ކޮންސަލްޓެންޓުން މައުލޫމާތު ދެއްވި މި ބައްދަލުމުގައި ހިތާދޫގެ އަމިއްލަ ޖަމިއްޔާ ތަކުންނާއި ރަށުގެ މުއައްސަސާ ތަކުން ބައިވެރިފައިވެ އެވެ.

ހިތާދޫ ކައުންސިލުން ބުނީ މި ބައްދަލުވުމުން ރަނގަޅު ނިންމުން ތަކެއް ބައިވަރިން ނިންމާފައިވާ ކަމަށާއި ދެން ކުރިއަށްދާނީ މިޕްލޭން ޑްރާފުޓް ކުރުންކަމަށެވެ. މި ޕްލޭނަށް އަމަލަ ކުރެވޭނީ ޑްރާފުޓް ކުރުމަށް ަހު، ރައްޔިތުންގެ މަޝްވަރާ އަށް ހުޅުވާލުމަށް ފަހު ކަމަށް ކައުންސިލު މެންބަރ ޢަބްދުއްﷲ ވިދާޅުވިއެވެ.

މިހާރުވެސް ހިތާދޫގައި ރަށުގައި އުފެދޭ ކުނި ނައްތާލުމުގެ އުޞޫލެއް ކަނޑައަޅައި އެ އުޞޫލުގެމަތިން ދަނީ ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.