އާޓިފިޝަލް ދެވަނަ ފިނޮޅު ބ. އަތޮޅަށް!

ސީއެކްސްޕްލޯރާއިން ގއ އަތޮޅުގައި ތައްޔާރުކޮށްދިން އާޓިފިޝަލް ފިނޮޅު. މީގެ ދެވަނަ ފިނޮޅު ގާއިމުކުރާނީ ބ. އަތޮޅުގައި-- / ފޮޓޯ: ސީ އެކްސްޕްލޯރާ
ސީއެކްސްޕްލޯރާއިން ގއ އަތޮޅުގައި ތައްޔާރުކޮށްދިން އާޓިފިޝަލް ފިނޮޅު. މީގެ ދެވަނަ ފިނޮޅު ގާއިމުކުރާނީ ބ. އަތޮޅުގައި– / ފޮޓޯ: ސީ އެކްސްޕްލޯރާ

 

ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ އަދި ޑައިވް ސްކޫލެއް ފަތުރުވެރިންނަށް ހިންގާ އަމިއްލަ ކުންފުންޏެއް ކަމަށްވާ، ސީ އެކްސްޕްލޯރާ އިން ކިރުދޫނި ބިސް އަޅަން ހަދާ ދެވަނަ އާޓިފިޝަލް ނުވަތަ މަސްނޫއީ ފިނޮޅު ހަދާނީ ބ. އަތޮޅުގައި ކަމަށް އެ ތަނުން ބުނެފި އެވެ.

ސީ އެކްސްޕްލޯރާއިން ވަނީ ގއ ދާންދޫ ކައިރީގައި އޮންނަ ފަޅުރަށެއްގައި ކިރު ދޫނިތަކަށް މިފަދަ ފިނޮޅެއް ތައްޔާރުކޮށްދީފަ އެވެ.

ޕްލާސްޓިކުން ހަދާފައިވާ އެ އާޓިފިޝަލް ފިނޮޅު އޮންނަނީ ދާންދުއާ ދެ ކިލޯމީޓަރު (އެއް މޭލު) ދުރުގައި ކުރިން ފިނޮޅެއް އޮތް ފަޅެއްގެ ތެރޭގަ އެވެ.

ސީ އެކްސްޕްލޯރާގެ ޑިރެކްޓަރު ޝާހީނާ އަލީ “އީޓީ” އަށް ވިދާޅުވީ ހުޅަނގު މޫސުމް ނިމުމުން އެފަދަ އެހެން ފިނޮޅެއް ބ. އަތޮޅުގައި ވެސް ގާއިމު ކުރާނެ ކަމަށެވެ.

“ޕްލެޓްފޯމް އިނީ ހަދާ ނިމިފައި. އެކަމަކު ގއ އަތޮޅުގައި ހެދި ޕްލެޓްފޯމަށް ދޫނި އާދޭތޯ ބަލާލަން މި މަޑުކޮށްލަނީ. އަޅުގަނޑުމެން މި ބަލަނީ ބ. އަތޮޅުގައި ދަރަވަންދޫ ނޫނީ ދޮންފަނު ނޫނީ ކިހާދޫ ކައިރި ކޮންމެވެސް ތަނެއްގައި އެ ޕްލެޓްފޯމް އަޅަން،” ޝާހީނާ ވިދާޅުވި އެވެ.

ސީއެކްސްޕްލޯރާއިން ގއ އަތޮޅުގައި ތައްޔާރުކޮށްދިން އާޓިފިޝަލް ފިނޮޅު. މީގެ ދެވަނަ ފިނޮޅު ގާއިމުކުރާނީ ބ. އަތޮޅުގައި-- / ފޮޓޯ: ސީ އެކްސްޕްލޯރާ
ސީއެކްސްޕްލޯރާއިން ގއ އަތޮޅުގައި ތައްޔާރުކޮށްދިން އާޓިފިޝަލް ފިނޮޅު. މީގެ ދެވަނަ ފިނޮޅު ގާއިމުކުރާނީ ބ. އަތޮޅުގައި– / ފޮޓޯ: ސީ އެކްސްޕްލޯރާ

އޭނާ ވިދާޅުވި ގޮތުގައި ބަޔޮސްފިއާ ރިޒާވުގައި ހިމެނޭ ބ. އަތޮޅަކީ ވެސް ގިނައިން ދޫނި އުޅޭ، އަދި އެ ކުންފުނީގެ ހިއްސާ ވެސް އޮންނަ ސަރަހައްދެކެވެ.

ސީ އެކްސްޕްލޯރާ އިން ގއ އަތޮޅުގައި ހެދި ފިނޮޅު ބެލެހެއްޓުމަށް ހަވާލު ކުރީ ދާންދޫގެ ގްރޭޑް 8-10ގެ ދަރިވަރުންނާ އެވެ. އަދި ދަރިވަރުން އެތަނަށް ގޮސް އެކުދިންގެ ތަޖުރިބާ ފޭސްބުކްގައި ހިއްސާކުރުމަށް ސީ އެކްސްޕްލޯރާ އިން ވަނީ ދާންދޫ ސްކޫލަށް ލެޕްޓޮޕަކާއި ފަލިޖަހާފައި ދެވޭ އުޅަނދެއް (ކަޔަކް)އެއް ހަދިޔާކޮށްފަ އެވެ.

ޝާހީނާ ވިދާޅުވީ އާޓިފިޝަލް ފިނޮޅުގެ އިތުރުން ޕްލާސްޓިކް ފުޅި ނައްތާލުމުގެ ބޮޑު ޕްރޮޖެކްޓެއް ވެސް ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.