ނިމާލްގެ “ހެހެސް”ގެ ޝޫޓިން ގޮއިދޫގައި ކުރިއަށް

“ހެހެސް”ގެ ޝޫޓިން ކުރިއަށްދަނީ

ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ތަޖުރިބާކާރު ޑައިރެކްޓަރު އަހުމަދު ނިމާލް އަހަރުތަކެއް ފަހުން، ގެނެސްދޭ އާ ފިލްމު “ހެހެސް”  ގެ މަސައްކަތް ބ. ގޮއިދޫގައި ފަށައިފި އެވެ.

ބުދަ ދުވަހުގެ ރޭ ޝޫޓިން ފެށި ފިލްމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ނިމާލް ބުންޏެވެ.

“ހެހެސް” އަކީ އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދާ ފިލުމެކެވެ. މި ފިލްމުގެ ބަތަލުންނަކީ މީގެ ސްކްރީންޕްލޭ ލިޔުނު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އިބްރާހީމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮން އައްޔަ) އެވެ. މި ފިލްމުގެ ހާއްސަ އެއް ކަމަކީ ފިލްމީ ދާއިރާ އަށް މި ފަހުން ތައާރަފުވެގެން އުޅޭ އާ މޫނުތަކެއް މައިގަނޑު ބަތަލާއިންގެ ކާސްޓުގައި ހިމެނުމެވެ.

“ހެހެސް”ގެ ޝޫޓިން ކުރިއަށްދަނީ

އޭގެ ތެރޭގައި “ދެވަންސޫރަ” އިން ތައާރަފުވި މަރިޔަމް ޝިފާ އާއި “+40” އިން ތައާރަފުވި ދެ ބަތަލާއިން ކަމަށްވާ އިރުފާނާ އިބްރާހީމާއި އައިޝަތު ލަހުފާ އާއި ބައިސްކޯފް އެޕްގެ “ތިން ބިބީ” އިން ވިދައިލި ވަޝިއްޔާ މުހައްމަދު (ޝިޔާ) ގެ އިތުރުން ލަވަކިޔުންތެރިޔާ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) 2017 ގައި ގެނެސްދިން ކާމިޔާބު ވީޑިއޯ ލަވަ “ލޯބިކަން” އިން ތައާރަފުވި ބަތަލާ ޝިޔާޒާ މުހައްމަދު ހިމެނެ އެވެ.

ޔޫއްޕެގެ ފިލްމު ކުންފުނި ޔޫއްޕެ ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގްގެ ޝައި ޕްރޮޑަކްޝަނުން ހަދާ ފިލްމުގެ މަންޒަރުތައް ގޮއިދޫގެ އިތުރުން ދެން ނަގާނީ މާލޭގަ އެވެ. އެކަމަކު މި ފިލްމު ސިނަމާ އަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.