ނޫކަށީގެ ހިތްވަރު ހުރިކަން ހަމަ ރަނގަޅަށްވެސް ސާބިތުކޮށްދީފި

ކުޑަ މިސްކިތް އޭސީ ކުރުމަށް ތްރީފޭސް ކަރަންޓް ބަދަލުކުރުމަށް ރޯދަ މަސްފެށުމުގެ ކުރިން ޓީބީން ކަރަންޓް ކޭބަލު އެޅުމުގެ މަސައްކަތް ކުރަނީ—ފޮޓޯ / ޓީބީ
ކުޑަ މިސްކިތް އޭސީ ކުރުމަށް ތްރީފޭސް ކަރަންޓް ބަދަލުކުރުމަށް ރޯދަ މަސްފެށުމުގެ ކުރިން ޓީބީން ކަރަންޓް ކޭބަލު އެޅުމުގެ މަސައްކަތް ކުރަނީ—ފޮޓޯ / ޓީބީ

 

އޭދަފުށްޓަށް ނިސްބަތް ނުވާ ވަރަށް ގިނަ ބަޔަކު ބުނާ އެއް ވާހަކައެއް އޮވެއެވެ. އޭދަފުށްޓަކީ ސަރުކާރުން ތަރައްގީކޮށްދިން ރަށެކެވެ. އެވާހަކައާ އަޅުގަނޑު މުޅިއަކުން ދެކޮޅެއް ނޫނެވެ. އެކަމަކު އެވާހަކަޔަށް ސައްތައިން ސައްތަ ތާއީދު ކުރެވޭކަށްވެސް ނެތެވެ. ތެދެކެވެ. އޭދަފުއްޓަށް އައިސްފައިވާ ތަރައްގީގައި ސަރުކާރުގެ ހިއްސާ ވަރަށް ބޮޑެވެ. ހަމައެއާ އެކުއެކީހެން ގަބޫލު ކުރަންޖެހޭ އެހެން ހަގީގަތެއްވެސް އެބައޮތެވެ. ސަރުކާރާއި އެހެނިހެން ފަރާތްތަކުން އޭދަފުށީގައި ހިންގި ތަރައްގީގެ އެކި މަޝްރޫއުތަށް ކުރިއަށްދިޔައީ ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމަކާއި އެކު ކަމެވެ. މި ރަށުގެ ހުކުރު މިސްކިތް ބިނާ ކުރުމުގަޔާއި، ރަށުގައި ކުރިން އޮތް ބަނދަރުގެ ވާޓަރުލުމަށް ރައްޔިތުން އަވަދިނެތި ކުރި މަސައްކަތް ގާތުން އަޅުގަނޑު ދުށީމެވެ. އަދި ނުވަދިހައިގެ ފަހުކޮޅު މިރަށުގެ ކަނޑުތޮށިލުމަށް ރައްޔިތުން ކުރި އާދަޔާ ހިލާފު މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުމުގެ އުފާ އަޅުގަނޑު ތަޖުރިބާ ކުރީމެވެ.

މިދެންނެވީ މީގެ ފަނަރަވަރަކަށް އަހަރަށްވުރެވެސް ކުރިން ހިނގި ކަންކަމުގެ ވާހަކައެވެ. ކަންކަން ބަދަލުވެގެން އައިސްފައިވާ ގޮތަށް ވިސްނާއިރު މިއަދު އެމިންވަރަށް އިޖްތިމާއީ ރޫހް ރަށުގެ ރައްޔިތުންގެ ކިބައިގައި ހުރިތޯ އުފެއްދިދާނެ ސުވާލެކެވެ. އެެކަމަކު އެއްކަމެއް ޔަގީންކަމާއެކު ދަންނަވަން ކެރިދާނެއެވެ. ރަށުގެ ތަރައްގީއަށްޓަކައި ހިދުމަތްކުރުމުގެ ވިސްނުމާއި ޝައުގުވެރިކަން މިރަށުގެ ދަރިންގެ ކިބައިގައި އަދިވެސް އެބަހުރިކަމެވެ. މިދިޔަ ހަފްތާގެ ތެރޭގައި ކްލަބް ފަ ބިގިނާސް (ޓީބީ) އިން އެ ދައްކުވައިދިނީ މީގެ ވަރަށް ފުރިހަމަ މިސާލެކެވެ.

ޓީބީ އިން މިދިޔަ ހަފްތާ ކުޑަ މިސްކިތް އޭސީ ކުރުމުގެ މަސްކަތް ކުރަނީ—ފޮޓޯ / ޓީބީ
ޓީބީ އިން މިދިޔަ ހަފްތާ ކުޑަ މިސްކިތް އޭސީ ކުރުމުގެ މަސްކަތް ކުރަނީ—ފޮޓޯ / ޓީބީ

 

މިރަށު މަސްޖިދު ޔޫސުފް އެއާކޯން ކުރުމަށް ޓީބިން ކުރި މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެކެވެ. އެތައް ގޮތަކުން ފާހަގަ ކޮށްލަންޖެހޭ ހިދުމަތެކެވެ.  މަސައްކަތް ފުރިހަމަ ކުރުމަށް ހޯދި ތަކެއްޗާއި މަސައްކަތުގެ އަގު ލައްކައަކަށްވުރެ މާބޮޑަށްވެސް މަތިވާނެ ކަމުގައި ގަބޫލުކުރެވެ އެވެ. މިއީ ޓީބީގެ މެމްބަރުންގެ ވަރަށް ބޮޑު ގުރުބާނީއެކެވެ. މި މަސައްކަތަށްޓަކައި އެއްކުރި ފައިސާއަކީ ކުލަބްގެ މެންބަރުންގެ އަމިއްލަ ޖީބުން ކުރި ހަދިޔާއެވެ. މީގެ އިތުރުން ހެޔޮއެދޭ ބައެއް އެހެން ފަރާތްތަކުގެ ބައިވެރިވުމާއެކު މި މަސައްކަތުގައި ޓީބީގެ ގިނަ މެންބަރުން އެތައް ވަގުތެއް ހޭދަ ކުރިއެވެ. މިސްކިތަށް އަރާ މީހުންގެ ގައިން ދާ އޮހޮރުން ހުއްޓުވުމަށްޓަކައި ޓީބީގެ ނޫކަށި ފުރައިގެ ޒުވާނުން އެތައް ދަލެއް އޮހޮރުވި އެވެ. ފޫހި ކަމެއް ނެތިއެވެ. އެގިފައިވާ ގޮތުގައި މިއީ ޓީބީ އިން ވަރަށް ކުރިއްސުރެ ދެކެމުން އައި ހުވަފެނެކެވެ. އެ ކުލަބްގެ ފަރާތުން މިކަން ހަގީގަތަކަށް ހެދުމަށްޓަކައި މީގެ މާކުރިންވެސް އައީ މަސައްކަތް ކުރަމުންނެވެ. ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ ދެއްކުން މިވަގުތު އެންމެ ބުއްދިވެރިއެއް ނޫނެވެ. މުހިއްމީ ބޮޑެތި ހުރަސްތައް ގިރާކުރުމަށްފަހު މި ހާސިލްކުރި ކާމިޔާބީ ފާހަގަކުރުމެވެ. ޓީބީގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަހެވެ.

މަސްޖިދު ޔޫސުފް މިސްކިތަކީ ކުޑަ މިސްކިތެއް ކަމުގައިވިޔަސް އެއީ ގިނަ ބަޔަކު އަރާ މިސްކިތެކެވެ. ހާއްސަކޮށް މިރަށަށް ޒިޔާރަތްކުރާ ދަތުރުވެރިން އާއްމުގޮތެއްގައި ނަމާދުކޮށް ހަދަނީ އެ މިސްކިތުގައެވެ. މިސްކިތުގެ އެތެރެ ހޫނު ގަދަވުމަކީ އެ މިސްކިތް ބޭނުންކުރާ ވަރަށް ގިނަ ބަޔަކަށް ކުރިއްސުރެވެސް އޮތް ނުތަނަވަސް ކަމެކެވެ. އެހެންނަމަވެސް ޓީބީގިެ ފަރާތުން މި ކޮށްދިން ހިދުމަތާއެކު އެތައް ބަޔެއްގެ އުދާސްތަކަށް ފިނިކަން ގެނެސްދޭނެކަން ކަށަވަރެވެ. މިއީ ކުރިންވެސް ދެންނެވިހެން އޭދަފުށީގެ ރައްޔިތުންގެ އިތުރުން އޭދަފުށްޓަށް ޒިޔާރަތްކުރާ އެހެން ރަށްރަށުގެ މީހުންނަށްވެސް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.

ދެން އޮތީ ޓީބީގެ މަސައްކަތުން އަޅުގަނޑަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް އިހްސާސްކުރެވުނު އެއް ސަބަބުގެ ވާހަކައެވެ. އެއީ ހުސް ޒުވާނުން ހިމެނޭ ކުލަބަކުން ރަށުގެ ގިނަ ބަޔަކަށް ފައިދާހުރި މިފަދަ އިޖްތިމާއީ މަސައްކަތެއް އަމިއްލައަށް އިސް ނަގައިގެން ކޮށް ނިންމާލި ކަމެވެ. އިޖްތިމާއީ މަސައްކަތަކަށް ވުމުގެ އިތުރުން މިއީ ﷲ ސުބުހާނަހޫ ވަތައާލާގެ ގެ ގެކޮޅަކަށް އެކުލަބުގެ މެންބަރުން ކޮށްދިން މަތިވެރި ހިދުމަތެކެވެ. މިއިން ދޭހަކޮށްދެނީ ޓީބީގެ ޒުވާން ގިނަ މެންބަރުންގެ ހިތްތަކުގައި އިޖްތިމާއީ ކަންކަމަށް އޮތް ޝައުގުވެރިކަމެވެ. މިއީ ހެޔޮ ފާލެކެވެ.

އޭދަފުށީ މަސްޖިދުލް ޔޫސުފް. މި ިސްކިތް މި ރޯދައަށް ޓީބީގެ އަމިއްލަ ޚަރަދުގައި ވަނީ އޭސީ ކޮށްފައި
އޭދަފުށީ މަސްޖިދުލް ޔޫސުފް. މި މިސްކިތް މި ރޯދައަށް ޓީބީގެ އަމިއްލަ ޚަރަދުގައި ވަނީ އޭސީ ކޮށްފައި

 

އާއްމުގޮތެއްގައި ޒުވާން ކުދިން ހިމެނޭ ގިނަ ކުލަބް ޖަމިއްޔާތަކުން ބޮޑަށް އިސްކަން ދެމުން އަންނަނީ ކުޅިވަރު ހަރަކާތްތަކަށެވެ. މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އާއްމުގޮތެއްގައި ކަން ހިނގަމުން އަންނަ ގޮތެވެ. ކުޅިވަރު ހަރަކާތްތައް ހިންގުމަކީ ފަހަރެއްގައިވެސް މައްސަލައެއް ނޫނެވެ. ދިވެހި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އޭދަފުށީގެ ކުޅުންތެރިން ފެނިގެންދިއުމުގެ އަސްލަކީ މިރަށަށް ނިސްބަތްވާ ތަފާތު ކުލަބް ޖަމިއްޔާތަކުން އެކި ފެންވަރުގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކެވެ. އަދި މިކުޅުންތެރިންނާއި އެއް ހަމަޔަށް ދިއުމަށް މަސައްކަތްކުރާ މިރަށުގެ ޅަކުދިންގެ އުއްމީދުތަކަށް ދިރުން ގެނެސްދެނީވެސް ހަމަ އެ މުބާރާތްތަކުންނެވެ. މިއީ ހައްތާވެސް ރަށަށް ރީތި ނަން ލިބެން ހުރި ކަންކަމެވެ. އެކަމަކު ހުސް އެކަނި ކުޅިވަރަށް އިސްކަން ދިނުމަކީ މުސްތަގްބަލަށް ވިސްނާއިރު އެންމެ ފައިދާހުރިގޮތް ނޫންކަމުގައިވެސް ގަބޫލުކުރަން ޖެހެއެވެ. މިރަށަކީ ތަރައްގީގެ ރޮގުން މުޅި ރާއްޖެއިންވެސް އެންމެ ފާހަގަ ކޮށްލެވޭނެ އެއް ރަށް ކަމުގައި ވާނެއެވެ. ތަރައްގީގެ ވާހަކަ ދައްކާއިރު ގިނަ ބަޔަކު އޭދަފުށި މިސާލެއްގެ ގޮތުގައި ނަގައެވެ. އޭދަފުށީގެ ޒުވާނުންގެ ފަރާތުން ޖަމާއަތަށް ފައިދާހުރި އުފެއްދުންތެރި އިތުރު މަސައްކަތްތަކެއް ފެންނަން ބޭނުންވަނީ މި ސަބަބަށްޓަކައެވެ. ތަރައްގީގެ ނަމޫނާއެެެއްގެ ގޮތުގައި މިރަށް ފާހަގަ ކުރެވެމުންދާ ކޮންމެ ޕްލެޒްފޯމެއްގައި މިރަށުގެ ޒުވާނުން ކޮށްފައިވާ އިޖްތިމާއީ މަސައްކަތްތައް މިސާލެއްގެ ގޮތުގައި ނަގާތަން ދެކެން ހަމަގައިމުވެސް އަޅުގަނޑު ބޭނުންވެއެވެ.

މަސްޖިދު ޔޫސުފް އެއާކޮންޑިޝަން ކުރުމަށްޓަކައި ޓީބީ އިން މިކުރި މަސައްކަތަކީ ޒުވާން ކުދިން އިސްނަގައިގެން މިރަށުގައި ކުރި މިބާވަތުގެ ފުރަތަމަ މަސައްކަތެއް ނޫނެވެ. މިރަށުގެ އެހެން ކުލަބެއް ކަމަށްވާ ކްލަބް ކޮންބިނޭޝަންސް ގެ ފަރާތުން މީގެ ކުރިންވަނީ ރަށުގެ އެކި ސަރަހައްދު ތަކުގައި ޑަސްބިން ބަހައްޓައިގެން ކުނި އުކާލުމުގެ ހިދުމަތް މިރަށުގެ ރައްޔިތުންނަށް ފޯރުކޮށްދީފަ އެވެ. ބޭނުންވަނީ މިފަދަ މަސައްކަތްތައް އިތުރުވުމެވެ. އަދި މިފަދަ މަސައްކަތްތައް އެއްވެސް ފަރާތަކަށް ގެއްލުން ނުވާނެ ގޮތަކަށް ވާދަވެރި ރޫހެއްގައި އަބަދުވެސް ކުރިއަށްދާތަން ފެނުމެވެ. ޓީބީގެ މި އަގުހުރި މަސައްކަތަކީ ރަނގަޅު ފެށުމެއްކަމުގައި އުއްމީދު ކުރަމާ ހިނގާށެވެ.

ގުޅުންހުރި ލިޔުންތައް

12 ކޮމެންޓް

  1. ޢަލީ ނާޝިދު

    ތިއީ ސޯޝަލް މީޑިއާގައި ތިހާވަރަށް ދައްކަންޖެހޭވާހަކައެއްނޫން ބ އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތައް އެއަރކޯން ވަނީ ކޮށަފައި އެކަމަކު މިވާހަކަތައް ފަލަސުރުޚީތަކަކުނެތް އަނެއްކާ ތިއީ ސޯޝަލް މީދިއާގައި ދައްކަން މާމުހިއްމު ވާހަކައެއްވެސްނޫން މީހުންގެ ގޭގެވެސް އެއަރކޯންކުރޭ އެވހަކަވެސް ލިއުންރަގަނޅުވާނެ އަދި މީގެ އަހަރުތަކެއްކުރިން ނޫރުމިސްކިތްވެސް އެއަރކޯންކުރި އެކަމަކު އެވާހަކަ މީޑިއާތަކަކުނެތް. އީ ޓީ އަށް ބުނެލަންއޮތީ މިއީ 15 ވަނަ ޤަރުނެއްނޫނޭ އަދި މިއީ 21 ވަނަ ޤަރުނޭ ތަރައްޤީވާށޭ………..

    ރައްދު
  2. Ali

    ކަމަކަށް ފެންބޮވައިގެންފަ ހުރި ފަރާތަކުން ތަޢުރީފްކުރުން ނޫން އެހެންކަމެއް ނުކުރެވޭނެ. އަޅެ އެފްބީ ޗެކްކޮށްބަ.

    ރައްދު
  3. nubu

    ހާދަ ފޮނިވެސް ބައެކޭ ކޮންމެ ސަރުކާރެއް އަޔަސް މަހާމޮޅު ނެތިގެން ތައުރީފުގެ ބަސްތަކުން ގިރިޓީކޮށް ދެފުއްކެހެރިހެން ތިބެ ހުރިހާ އެއްޗެއް ިކައްވާބައެއް ތިޔައީ… އަތޮޅަށް ކަމެއް އަންނަ އިރަށް އެމީހުންނަށް އަބަދު މަށަށް މަށަށް ގޮވަގޮވަ ނުފޫޒުވެސް ގަދަ ބައެއް ވިއްޔަ

    ރައްދު
  4. Ali

    މިއީ މިޒަމާނަށް ފެތޭ ޒާތުގެ ލިޔުމެއް ނޫން.. މިއީ 21 ވަނަ ގަރުނު… ލިޔުންތެރިޔާ ތި އުޅުއްވަނީ 20 ވަނަ ގަރުނުގެ ކުރީކޮޅުގައި

    ރައްދު
  5. Ali

    ތިމާ އަމިއްލަޔަށް މޮޔަގޮވާފައިވާ ( ރުހުމުގެ ލޮލަށް އައިބެއް ނުފެނުނު ) ‘ ކޮރު ‘ ލިޔުމެއް

    ރައްދު
  6. Ali

    600 ހަމަނުވާ ކުޑަރިކިލު މިސްކިތުގަ އޭސީ ހަަރުކުރިފަހުންވެސް މިވަނީ ދެ އަހަރު…. މީ ހީވަނީ މާބޮޑު އަޖައިބެއްހެންވިއްޔާ

    ރައްދު
  7. west

    އިސްޓޭޖުވެސް ހެދީ ޒުވާނުންނޭ އަސްރަފޫ. ހާދަ ދަލެއް އޮހޮރުވއަިގެންނޭ . ކަލޭމެން ހާދަ ޅައޭ. ބޯހަމަނުޖެހޭ ވާހަކަ ނުލިޔެބަލަ. އެކަމަކު އެމީހުންހުރީ ހުދުކަށި. އެހެންޏާފަހެ. ފިލާއޮވެކޮންކަހަލަ ރިޕޯޓެއް ތިޔަލިއުއްވީ.

    ރައްދު
  8. ޢަބްދުﷲ

    ބަހިއްޔާ ޕްރީ ސްކޫލް ލިޔުންތެރިޔާގެ ލޮލަށް ނުފެނުމުގެ ފަޅުކަން ވަރަށް ބޮޑަށް އިޙްސާސް ކުރެވޭ.

    ރައްދު
  9. west

    ޒުވާން އަޝްރަފޫ އެވެ. ނިކަން ދުރަށް ވިސްނަބަލަ. ޖަމްޔަތުލްވަފާގެ ޕްރޮފައިލް އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ޕްރޮފައިލް ފޭލި ޖަމިއްޔާގެ ޕްރޮފައިލް ބަލާފަ އަލުން މިލިއުން ލިއުން އެދެން. ގޭކުދިންކުރިކަމެއްވީމަ. އަޝްރަފަށް ފެނުނީ. މިފަދަ ރިޕޯޓެއް ލިޔާއިރު ދުރުމީއެއް ހޯދައިގެން ނަމަވެސް މާޒީއަށް ބަލާތި. މީ ޒުވާނެއްގެ ނަސޭހަތެއް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.