ވެލެންސިއާއާ މައްސަލަޖެހި ޕްރެކްޓިހަށް ނުނުކުމެހުރި މުހައްމަދު ޝިފާން (ކުޑައްޓޭ) އެންމެ ފަހުން ނިއު އަށް ސޮއިކޮށްފި އެވެ.
ނިއުގެ އެކަޑަމީ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޑައްޓޭ ނިއު އަށް ބަދަލުވިކަން އެކުލަބުން އިއުލާނުކުރި އިރު ވެލެންސިއާއިން ވަނީ ކުޅުންތެރިޔާ އަށް ރިލިޒްދިންކަން ކަށަވަރުކޮށްދީފަ އެވެ.ނަމަވެސް ޓްރާންސްފާގެ އަގު ހާމަކުރަން ދެކުލަބުން ވެސް ވަނީ ދެކޮޅު ހަދާފަ އެވެ.
މި އަހަރަށް ކުޑައްޓޭ ވެލެންސިއާ އަށް ސޮއިކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެދުވަހު އޭނާ ބުނީ ވިކްޓަރީ ދޫކޮށް ވެލެންސިއާއަށް ބަދަލުވީ ވަރަށް ރަނގަޅު އޮފާއެއްލިބުމުން ކަމަށެވެ. ނަމަވެސް ވެލެންސިއާގެ ޕްރެކްޓިހަށް އޭނާ ނުކުތީ އެންމެ ދުވަހަކު އެވެ. މިކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ކުޑައްޓޭ ވަނީ ދަކޮޅު ހަދާފަ އެވެ. (ނިއުސް / ވީމީޑިއާ)


މީނާ ރަގަޅުވަނީ އެއްވެސް ކްލަބް އަކަށް ނުކުޅެ ކޯޗް އަކަށް ވީއްޔާ..އޭރުން ތާ ދޯ ސަަައިނޯސާ ކޯޗް ކަން ކުޑައްޓޭ އަށް ދެވޭނީ :ޕ