ސްޓޫޑެންޓް ލޯނުތައް ދެއްކުން ވެސް ބީއެމްއެލްއިން ހަ މަހަށް ފަސްކޮށްދީފި

މަތީ ތައުލީމް ހާސިލްކުރަން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު ފަސްކޮށްދިނުމަށް އެދި ދަރިވަރުން އަމިއްލައަށް ހުށަހަޅަން ނުޖެހޭނެ ކަމަށާއި ލޯނަށް ފައިސާ ދެއްކުން ހަ މަސް ފަސްކޮށްދޭއިރު ލޯނަށް އިތުރު އިންޓަރެސްޓެއް ވެސް ނާރާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބުނެފި އެވެ.

This image has an empty alt attribute; its file name is eSim_300x280.jpg

ގައުމީ ބޭންކުން މިކަމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނީ، ކޮރޯނާވަރަހާ ހެދި ދިމާވެފައިވާ އިގްތިސާދީ ދަތި ހާލަށް ބަލައި ސްޓޫޑެންޓް ލޯނާއި އެޑިއުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ފައިސާ ދެއްކުން ކުރިއަށް އޮތް ހަ މަހަށް ފަސްކޮށްދޭން ނިންމާފައިވާ ކަމަށެވެ. މިގޮތަށް ހެދުމުން ލޯނު ދައްކަން ކަނޑައަޅާފައިވާ މުއްދަތަށް ހަ މަސް އިތުރުވާނެ އެވެ. ނަމަވެސް ލޯނުގެ ބާކީ އޮންނަ މުއްދަތުގައި މަހުން މަހަށް ދައްކަންޖެހޭ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބޭންކުން ބުންޏެވެ.

މި އިންތިޒާމް ހަމަޖައްސަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނީ ބޭންކުން ކަމަށް ވެސް ބުންޏެވެ. އަދި ލޯނު ފަސްކޮށްދިނުމަށް ދަރިވަރުން ހުށަހަޅާކަށް ނުޖެހޭނެ އެވެ.

މަތީ ތައުލީމުގެ ލޯނު އަނބުރާ ދައްކަންޖެހޭ ދަރިވަރުންގެ އަދަދު 4،000 އަށްވުރެ ގިނަ އެވެ.

ބީއެމްއެލް އިން ވަނީ ސްޓޫޑެންޓް ލޯނުގެ އިތުރުން އެ ބޭންކުން ދޫކޮށްފައި ހުރި ހުރިހާ ލޯނެއް އަނބުރާ ދެއްކުން ވެސް ހަ މަހަށް ފަސްކޮށްދީފަ އެވެ. ނަމަވެސް އެ ބަދަލު އަންނާނީ އެކަމަށް އެދި ހުށަހެޅުމުންނެވެ. ސްޓޫޑެންޓް ލޯނާ ހިލާފަށް އެހެން ލޯނުތަކުގެ ފަސްކޮށްދޭ ހަ މަހުގެ އިންޓަރެސްޓް ލޯނަށް އިތުރުކޮށް ލޯނުގެ މުއްދަތުގެ ތެރޭގައި ދައްކަންޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.