“ހެހެސް” ގެ ގޮއިދޫގެ ޝޫޓިން ނިންމާލައިފި

ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ތަޖުރިބާކާރު ޑައިރެކްޓަރު އަހުމަދު ނިމާލް އަހަރުތަކެއް ފަހުން، ގެނެސްދޭ އާ ފިލްމު “ހެހެސް”  ގެ މަންޒަރުތައް ނަގަން ބ. ގޮއިދޫގައި ކުރި މަސައްކަތްތައް ނިންމާލައިފި އެވެ.

ޝޫޓިން އަށް ކާސްޓާއި ކްރޫ އެ ރަށަށް ގޮސް މިދިޔަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ފިލްމު ޝޫޓްކުރުމުގެ މަސައްކަތްތައް ވަރަށް ފޯރީފައި ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން ގޮއިދޫގައި ޝޫޓިންގެ އުސްއަލިތައް “ހެހެސް” ގެ ފޭސްބުކްގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް އައީ ހިއްސާކުރަމުންނެވެ.

ގޮއިދޫގެ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ ވެސް އެކު ޝޫޓިން ނިންމައިލި އިރު، އެ ރަށުގެ ބައެއް މީހުން ވެސް ފިލްމުގެ އެކިއެކި ރޯލްތަކުން ފެންނާނެ އެވެ.

“ހެހެސް” އަކީ އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދާ ފިލުމެކެވެ. މި ފިލްމުގެ ބަތަލުންނަކީ މީގެ ސްކްރީންޕްލޭ ލިޔުނު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އިބްރާހީމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮން އައްޔަ) އެވެ. މި ފިލްމުގެ ހާއްސަ އެއް ކަމަކީ ފިލްމީ ދާއިރާ އަށް މި ފަހުން ތައާރަފުވެގެން އުޅޭ އާ މޫނުތަކެއް މައިގަނޑު ބަތަލާއިންގެ ކާސްޓުގައި ހިމެނުމެވެ.

“ހެހެސް” ގެ ބައެއް މަންޒަރުތައް ގޮއިދޫގައި ނަގާފައިވާ އިރު، ފިލްމުގައި ދެން ހިމެނޭ އެންމެ ގިނަ މަންޒަރުތައް ޝޫޓްކުރާނީ މާލޭގަ އެވެ.

މި ފިލްމު އަޅުވާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

އިބްރާހީމް މޫސަ (ދަނބަ) ކެމެރާކުރާ މި ފިލްމަކީ ޔޫއްޕެގެ ފިލްމު ކުންފުނި ޔޫއްޕެ ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ޝައި ޕްރޮޑަކްޝަނުން ހަދާ ފިލްމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.