ޔޫއެސް އެމްބަސީ އާއި އަތޮޅު ކައުންސިލުން ދެ ރަށަކަށް ބައެއް ތަކެތި ހަދިޔާކޮށްފި

ބ. ދޮންފަނު ސްކޫލަށް ހަދިޔާ ކުރި ސާމާނު ޔޫއެސް އެމްބަސީން އެ ސްކޫލާ ހަވާލު ކުރައްވަނީ-- ފޮޓޯ: ބ. އަތޮޅު ކައުންސިލް
ބ. ދޮންފަނު ސްކޫލަށް ހަދިޔާ ކުރި ސާމާނު ޔޫއެސް އެމްބަސީން އެ ސްކޫލާ ހަވާލު ކުރައްވަނީ– ފޮޓޯ: ބ. އަތޮޅު ކައުންސިލް

 

ޔޫއެސް އެމްބަސީގެ ފަރާތުން ބ. އަތޮޅު ކައުންސިލާ ގުޅިގެން  އަތޮޅުގެ ދެ ރަށަކަށް ދޮޅުލައްކައެއްހާ ރުފިޔާގެ ސިއްހީ ހިދުމަތާއި އަދި ތައުލީމާގުޅޭ ބައެއް ސާމާނު ހަދިޔާކޮށްފަ އެވެ.

އެ ދެރަށުގައި ވަކިވަކިން އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެތަކެތި އެ ރަށްރަށާ ހަވާލުކޮށްދެއްވީ ޔޫއެސް އެމްބަސީގެ ސިވިލް މިލިޓަރީ ސަޕޯޓް ޓީމްގެ ފަރާތުން މިސްޓަރ މައިކަލް ރީޑްއާއި، ޕޮލިޓިކަލް އެފެއާޒްގެ މިސް ޓަމެއިޝާ ހެންރީގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާދިލްއާއި ނައިބް ރައީސް މަބްރޫކް ނަޞީރުއެވެ.

ޔޫއެސްއޭ އެންބަސީން ހިތާދޫ ސިއްހީމަރުކަޒަށް ބޭނުންވަ ބައެއް ތަކެތި ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ- ހިތާދޫ ސިއްހީމަރުކަޒު
ޔޫއެސްއޭ އެންބަސީން ހިތާދޫ ސިއްހީމަރުކަޒަށް ބޭނުންވަ ބައެއް ތަކެތި ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ- ހިތާދޫ ސިއްހީމަރުކަޒު

އަދި މިތަކެއްޗާ ދޮންފަނު ސްކޫލުގެ ފަރާތުން ހަވާލު ވަޑައިގެންނެވީ އެ ސްކޫލުގެ ޕްރިންސިޕަލް މޫސާ ނައީމު އެވެ. ހިތާދޫ ސިއްހީ މަރުކަޒުގެ ފަރާތުން ހަވާލު ވަޑައިގެންނެވީ ހިތާދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެޑައިގެން ހުންނެވި ކޮމިޔުނިޓީ ހެލްތު އޮފިސަރު ޝަޒްނާ އަބްދުއްރައްޒާގު އާއި ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލްރަޝީދު އަބްދުލް ޤަފޫރުއެވެ.

ޔޫއެސް އެމްބަސީން ދޮންފަނު ސްކޫލަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ސްކޫލުގެ ލައިބްރައީއަށް ބޭނުންވާ ފޮތެވެ. އަދި ހިތާދޫ ސިއްހީ މަރުކަޒަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި އޮކްސިމީޓަރާއި ސްޕްލިންޓްސްއާއި ސްޓެތެސްކޯޕާއި ވޭލްވް މާސްކްއާއި ގުލްކޯމީޓަރާއި ބަރުދަން ބެލުމަށް ބޭނުންކުރާ ސްކޭލްގެ އިތުރުން އަދިވެސް ބައެއް ތަކެތި ހިމެނެއެވެ.

12167238_10153017029161784_1625765754_n

މިތަކެތި ހަވާލުކުރުމަށް އެ ދެރަށުގައި ބޭއްވި ބައްދަލުވުވުމުގައި ޔޫއެސް އެމްބަސީއާއި އެއާ ފޯސްގެ ބައެއް ބޭފުޅުންނާއި އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ބ. އަތޮޅު ހޮސްޕިޓަލާއި އަތޮޅު ތައުލީމީ މަރުކަޒުގެ އިސްވެރިންގެ އިތުރުން އެމްއެންޑީއެފްގެ ބޭފުޅުންނާއި، ހިތާދޫ ސިއްހީ މަރުކަޒުގައި މަސައްކަތްކުރައްވާ ބައެއް ޑޮކްޓަރުންގެ އިތުރުން ސިއްހީ މަރުކަޒުގެ ބައެއް މުވައްޒަފުން ބައިވެރިވި އެވެ.

ޔޫއެސް އެމްބަސީ ދާދިފަހުން ވަނީ ބ. އަތޮޅު ކައުންސިލަށް މަދިރިއަށް ބޭސްޖަހާ ފޮގް މެޝިނަކާއި އެއާ ގުޅޭ ބައެއް ސާމާނުވެސް ހަދިޔާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.