ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރުއާން މުބާރާތް ފަށައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރުއާން މުބާރާތުގައި ރޭ ދަރިވަރަކު ކިޔަވަނީ-- ފޮޓޯ / ފަޒްލޫން
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރުއާން މުބާރާތުގައި ރޭ ދަރިވަރަކު ކިޔަވަނީ– ފޮޓޯ / ފަޒްލޫން

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ގުރުއާން ކިޔެވުމުގެ މުބާރާތް ރޭ އެ ސްކޫލުގައި ފަށައިފި އެވެ.

ކީރިތި ގުރުއާނަށް ދޭ އަހަމިއްޔަތު އިތުރުކޮށް، ކުދިންގެ ހިތްތަކުގައި ގުރުއާން ކިޔެވުމުގެ ޝައުގުވެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މި މުބާރާތުގައި އެ ސްކޫލުގެ އެކި ގްރޭޑް ތަކުން 113 ދަރިވަރުން ވާދަކުރެއެވެ.

ތައުލީމީ މަރުކަޒުގެ ބުނި ގޮތުގައި އެހެން އަހަރުތަކާ ހިލާފަށް މިއަހަރު މި މުބާރާތް ކުރިއަށް ގެންދަނީ އުމުރު ފުރާތަކަށް ބަހާލައިގެންނެވެ. އަދި މުބާރާތަށް ޕްރައިމަރީ ގްރޭޑްތަކުން ކުދިން ނަގާފައިވަނީ އެ ގްރޭޑްތަކުގައި މެދުގައި ވަކިވަކިން މުބާރާތްތައް ބާއްވައިގެންނެވެ. އަދި ސެކަންޑްރީ ގްރޭޑްތަކުން ކުދިން ބައިވެރިކޮށްފައިވަނީ ހުރިހާ ކުދިންނަށް ހުޅުވާލައިގެންނެވެ.

އެ ސްކޫލުން ބުނި ގޮތުގައި މި މުބާރާތަކީ އަންނަ އަހަރު ބާއްވާ އަތޮޅު މުބާރާތަށާއި ގައުމީ މުބާރާތަށް އަމާޒުކޮށް ބާއްވާ މުބާރާތަކަށްވާތީ، މި މުބާރާތުގައި ކޮންމެ އުމުރުފުރާއަކުންވެސް އަދި ދެ ގޮފިންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ސްކޫލުން ބުނީ މި މުބާރާތް މިރޭ ނިމޭނެ ކަމަށާއި މުބާރާތުގެ ވަނަތަކަށް އަންނަ ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާ މިރޭ 8:15 ގައި އެ ސްކޫލުގެ ހޯލުގައި ބާއްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.