ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 7،6 އަދި 8 ގެ ޕްރިފެކްޓް ކުދިންނަށް ހިންގުނު ލައިފް ސްކިލް ޕްރޮގްރާމް ނިމިއްޖެ

ޕްރިފެކްޓް ކުދިންނަށް ހިންގުނު ލައިފް ސްކިލް ޕްރޮގްރާމްގެ ތެރެއިން
ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 7،6 އަދި 8 ގެ ޕްރިފެކްޓް ކުދިންނަށް ހިންގުނު ލައިފް ސްކިލް ޕްރޮގްރާމް ނިމިއްޖެއެވެ.
ބ. އަތޮޅު ޓީޗަރ ރިސޯސް ސެންޓަރުގައި 13 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި މިގްރޭޑް ތަކުގެ ޕްރިފެކްޓުންގެ ތެރެއިން 27 ޕްރިފެކްޓުން ބައިވެރިވިކަމަށް އެމަރުކަޒުން މައުލޫމާތު ދިނެވެ.
މިޕްރޮގްރާމްގެ މަގުސަދަކީ ކުދިންނަށް ދިރިއުޅުމުގައި ދިމާވާ ކަންތައްތައް ރަގަޅުގޮތުގައި ހައްލުކުރުމަށް ދަސްކޮށްދިނުމުގެ އިތުރުން ކުދިން އަމިއްލައަށް އިސްނަގައިގެން ކަންކަން ކުރުމުގެ ހުނަރު ކުދިންނަށް ދަސްކޮށްދިނުންކަމުގައި އެމަރުކަޒުން މައުލޫމާތު ދިނެވެ. އެމަރުކަޒުން ބުނިގޮތުގައި މި ޕްރޮގްރާމުން މިޕްރޮގްރާމް ހިންގުމުގެ މަގުސަދު ވަރަށްރަގަޅަށް ހާސިލްވަމުން ދާ ކަމަށް ފާހަގަކުރެވެ އެވެ.
މިޕްރޮގްރާމްގައި ސެޝަންތައް ނަގައިދިނީ މިކަމުގެ ތަމްރީނު ލިބިފައިވާ އޭދަފުށީގެ ފެސިލިޓޭޓަރުންނެވެ.
މީގެއިތުރު ޕްރޮގްރާމްތަކެއް ދެވަނަ ޓާމްގައިވެސް ކުރިއަށް ގެންދިއުމަށް ރާވަމުން ދާކަމަށް ސްކޫލުން އީ.ޓީ އަށް މައުލޫމާތު ދިނެވެ.
މިޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) އާއި ބ. އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން ހިންގާ ސިލްސިލާ ޕްރޮގްރާމްތަކެކެވެ.

— ބ. އޭދަފުށިން އިބްރާހީމް ޝަހީދު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.