ވިސްނާލަމާތޯ؟

Eydhafushi, Baa Atol, Maldives. Eydhafushi, Baa Atol, Maldives.

މުޖުތަމައެއްގެ ހަމަޖެހުމާއި، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމަކީ އެ މުޖުތަމައެއްގައި ދިރިއުޅޭ އެންމެހާ ފަރުދުންގެ ޒިންމާއެކެވެ. ވަކީން ހާއްސަކޮށް ރަށްފުށުގެ ދިރިއުޅުމުގައި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތައް މިކަމުގައި ޒިންމާދާރު ތަންތަނަށް ވާން އެބަޖެހެ އެވެ.

މީހުންގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ނެގުމާއި، ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތައް އެކިމީހުންނަށް ތަފާތުވާނޭހެން ތަންފީޒުކުރަމުން ގެންދިއުމަކީ، ތަހުޒީބު މުޖުތަމައެއްގައި އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

މިދެންނެވި އުސޫލުން ކަން ކުރަމުން ގެންދާނަމަ، އެފަދަ މުޖްތަމައުތައް ބައިބައިވެގެން ދިއުމަކީ މާ ދުރުގައިވާ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް ކުދި އާބާދީތައް ދިރިއުޅޭ ރަށްފުށުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ގެއްލި، އެފަދަ މުޖުތަމައުތަކުގައި ފިތުނަވެރިކަމާއި ފަސާދައާއި ނަފުރަތުގެ ހުޅު ފަޅައިގެންގޮސް، މުޅި މުޖުތަމައަށް އެކަމުގެ ހިޔަނި އެޅިގެންދާނެކަމީ ވިސްނާ ފިކުރުކުރާ ކޮންމެ މީހަކުވެސް ގަބޫލުކުރާނެ ހަގީގަތެކެވެ.

މިއަދު ކޮންމެ މީހަކުވެސް އަދި ކޮންމެ މުއައްސަސާއަކުންވެސް މަސައްކަތް ކުރަންވީ، މުޖުތަމައުގެ ހަމަޖެހުމާއި ސަލާމަތަށްޓަކަ އެވެ. ވިސްނައިދޭންވީ މަސްލަހަތު ގެއްލުވައިނުލައި ކަންކަން ހަމަ މަގަށް އެޅުވޭތޯ އެވެ. ކުދިކުދި މުޖުތަމައުތައް ބައިބައި ކޮށްލުމުގެ ބަދަލުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭތޯ އެވެ. އަނެކާގެ އެހީތެރިކަމަށް އެދެންޖެހިދާނެ ދަނޑިވަޅުތައް އަންނާނެކަން ދަނެގެން ސުލްހަ މަސަލަސްކަން ގާއިމުކުރެވޭތޯ އެވެ. އޭރުން އެފަދަ މުޖުތަމައުތަކުގައި ދިރިއުޅޭ ފަރުދުންގެ މެދުގައި އިހުނަށްވުރެ ބަދަހި ގުޅުމެއް އުފެދިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.