“މޯލްޑިވިއަން އައިޑޮލް” އިން ވިދާލި ލަވަކިޔުންތެރިޔާ މުހައްމަދު އިޝާން އާއި އޭނާގެ ގްރޫޕުން އޭދަފުށީގައި މިރޭ ޝޯއެއް ދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޑައުން ޓައުން ގްރޫޕުން އިންތިޒާމްކޮށްގެން ބާއްވާ ޝޯ އޮންނާނީ އޭދަފުށީ ދެނުކުފަރާތު ހިއްކި ބިމުގަ އެވެ. ޝޯ ފެށުމަށް ހަމަޖެހިފައި ވަނީ މި ރޭ 9:30 ގަ އެވެ.
އިޝާން ދާދި ފަހުން ވަނީ މިރަށު ފަސްމުގޫ ގްރޫޕުގެ ފަރާތުން ލިބުނު ދައުވަތަކަށް މިރަށަށް އައިސް ޝޯ އެއްދީފަ އެވެ. އެފަހަރު އިޝާންއާއެކު ސަލަބީވެސް އައެވެ.
“އުރީދޫ އީދު އުފާ” ނަމުގައި އީދު ބަންދާ ގުޅުވައިގެން ޑައުން ޓައުން އިން އިންތިޒާމްކޮށްގެން ބާއްވާ ޝޯ އެއް މާދަމާ ރޭ ވެސް އޮންނާނެ އެވެ. އެ ޗޯ ގައި ޕަފޯމަ ކުރާނީ ބޮޑުބެރުގައި ރާއްޖޭގައި އެންމެ ނަގާ ކިޔާ އެއް ބޭންޑް ކަމަށްވާ ހަބޭސް ބޮޑުބެރު ގްރޫޕެވެ.
Mirey dharavandhoo ga lanka ge mashooe dance group ge fari harakaithah eba oi.