އިންޓަ އޮފީސް ފުޓްސަލް ފިއެސްޓާ ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލުގެ ރިކްރިއޭޝަން ކްލަބުން އޭދަފުށީގައި ހުރި ސަރުކާރު އޮފީސް/ކުންފުނި ތަކަށް ހާއްސަކޮށްގެން ބާއްވާ “އިންޓަ އޮފީސް ފުޓްސަލް ފިއެސްޓާ” ގެ ފިރިހެން ޑިވިޝަންގެ މެޗުތައް މިއަދު ހަވީރު ފަށައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ރިކްރިއޭޝަން ކްލަބުން ބުނި ގޮތުގައި މުބާރާތުގެ މަގުސަދަކީ ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމެވެ. އަދި ކުޅިވަރުގެ ތެރެއިން މުވައްޒަފުންގެ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހޭލުންތެރިކުރުވުމަކީ ވެސް މުބާރާތުގެ ބޭނުމެއް ކަމަށް އެ ކްލަބުން ބުނެ އެވެ.

މުބާރާތުގެ ޝެޑިއުލް

އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި އެކި އޮފީސްތަކުން  ކޮމްބައިންކޮށް ޓީމުތައް ހިމެނޭގޮތަށް ފިރިހެން ހަތް ޓީމު އަދި އަންހެން ޑިވިޝަންގައި ތިން ޓީމު ވާދަކުރެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ބީއޭއީސީ ކޮމްބައިން އަދި ހޮސްޕިޓަލް ކޮމްބައިން ޓީމެވެ. މި މެޗް 7-2 އިން ކާމިޔާބު ކުރީ ސްކޫލް ކޮމްބައިން ޓީމެވެ.

މިރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ފެނަކަ އަދި ކައުންސިލް ކޮމްބައިން ޓީމެވެ. މި މެޗް 3-2 ލަނޑުން ކާމިޔާބުކުރީ ފެނަކަ ޓީމެވެ. ދެވަނަ މެޗުގައި ދިރާގު އަތުން އުރީދޫ މޮޅުވީ 2-1 އިންނެވެ.

 މި މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް ފަށާނީ އާދީއްތަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.