ފުޓްސަލް: ހޮސްޕިޓަލް ކަޓުވާލުމަށްފަހު ފެނަކަ ސެމީއަށް

އިންޓަ އޮފީސް ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަންގެ ފޯރިގަދަ މެޗަކަށް ފަހު 3-2 އިން ބ. އަތޮޅު ހޮސްޕިޓަލް ބަލިކުރުމަށް ފަހު ފެނަކަ އިން ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މުބާރާތުގެ ސެމީން ފެނަކަ ފުރުސަތު ހޯދީ ގްރޫޕް ސްޓޭޖުގެ އިތުރު އެއްމެޗު އޮއްވައި ދެ މެޗު ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ މެޗުން ކައުންސިލާ ވާދަކޮށް ފެނަކަ މޮޅުވީ 3-2 އިން ނެވެ.

އަތޮޅު ހޮސްޕިޓަލް ކޮމްބައިން ޓީމު ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުން ކަޓައިފައެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ސްކޫލް ކޮމްބައިން ޓީމާ ދެކޮޅަށް ނުކުންނާނީ ފެނަކަ އެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ހޮސްޕިޓަލާ ދެކޮޅަށް ނުކުންނާނީ ކައުންސިލް ޓީމެވެ. އަދި ދެވަނަ މެޗުގައި ދިރާގާ ދެކޮޅަށް ނުކުންނާނީ ބަޔޮސްފިއާ ކޮމްބައިން ޓީމެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް ފަށާނީ މާދަމާ ރެ އެވެ.

ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ތެރެއިން މުވައްޒަފުންގެ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.