އީގަލްސް ދޫކޮށް ސެންޓޭ ވެލެންސިއާ އަށް

އޭއެފްސީ ކަޕްގެ މެޗެއްގެ ތެރެއިން ނިއު އަށް ލަނޑެއް ޖެހުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ–. ފޮޓޯ:ނިޝާން އަލީ/މިހާރު

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދާފައިވާ އަލީ ފާސިރު (ސެންޓޭ) ކްލަބް ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.

އާ ސީޒަނަށް އެފްއޭއެމަށް ހުށަހެޅި ވެލެންސިއާގެ ޓީމު ލިސްޓުގައި ސެންޓޭގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ ނަން ވެސް ވަނީ ހިމަނައިފަ އެވެ.

ދަގަނޑޭއާއި ސެންޓޭ އަކީ ރާއްޖޭގައި ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ. ދަގަނޑޭ މިދިޔަ ސީޒަނުގެ ކުރީކޮޅު ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުމަށް ފަހު ސީޒަނުގެ ފަހުކޮޅު ބަދަލުވީ ޓީސީ ސްޕޯޓްސް ކްލަބަށެވެ. ސެންޓޭ މިދިޔަ ސީޒަނުގައި ފެނުނީ ކްލަބް އީގަލްސް އިންނެވެ. ސެންޓޭ ވަނީ ކުރިން ވެލެނިްސިއާ އަށްވެސް ކުޅެފައެވެ.

ބ. އޭދަފުއްޓަށް އުފަން ސެންޓޭ ފުރަތަމަ ޑިވިޝަނަށް ތައާރަފްވީ 2007 ވަނަ އަހަރު އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އިންނެވެ. އޭގެފަހުން ސެންޓޭ ވަނީ އެއްފެންވަރެއްގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭވައިއެލްގެ އިތުރުން ސެންޓޭ ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި، ޓީސީ ސްޕޯޓްސް އަދި އީގަލްސް އަށް ކުޅެފަ އެވެ. 2016 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބްގައި މޮޅު ކުޅުމެއް ދައްކައި ރަން ބޫޓާއި އެންމެ މޮޅު ކުޅުންތެރިޔާ އެވޯޑް ސެންޓޭ ހޯދި އެވެ. އަދި ޖެހިގެން އައި 2017 ވަނަ އަހަރު ނިއު އަށް ބަދަލުވުމަށް ފަހު މި ދެ އެވޯޑް ސެންޓޭ ދިފާއުކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.