ފެނަކަ ބަލިކޮށް ދިރާގުން ތަށި ދިފާއުކޮށްފި

ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފެނަކައިގެ މައްޗަށް 7-8 އިން ހޯދި މޮޅާ އެކު ދިރާގުން އޭދަފުށީގައި ބޭއްވި އިންޓަރ އޮފީސް ފުޓްސަލް ފިއެސްޓާގެ ތަށި ދެ ވަނަ ފަހަރަށް އުފުލާލައިފި އެވެ.

އޭދަފުށީ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 3-3 އިން އެއްވަރުވެފަ އެވެ. 

މުބާރާތުގެ އަންހެން ބައިގެ ތަށި އުފުލާލީ އަތޮޅު ހޮސްޕިޓަލުގެ ޓީމެވެ. ރޭ ކުޅުނު ފައިނަލުގައި ޔުނައިޓެޑް ގާލްސްގެ މައްޗަށް ހޮސްޕިޓަލުން ކުރި ހޯދީ 3-2 އިންނެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ފެނަކަ ޓީމުގެ އިސްމާއިލް ޝަރީފް އާއި އިބްރާހީމް ޝަރީފު އާއި ދިރާގުގެ އަބްދުﷲ އަބޫބަކުރު އާއި އަބްދުއްސަލާމް ހާމިދު އަދި ސްކޫލް ކޮމްބައިން ޓީމަށް ކުޅުނު ބީއެމްއެލްގެ އިޝާން އިބްރާހީމެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަށް ހޮވުނީ ދިރާގުގެ އަބްދުﷲ އަބޫބަކުރު އެވެ. އަދި އެންމެ މޮޅު ކޯޗަކީ ދިރާގުގެ އާދަމް ނަސީމެވެ.

މި މުބާރާތުގެ އަންހެން ބައިގެން އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި އަތޮޅު ހޮސްޕިޓަލްގެ އައިމިނަތު ރީނާ އާއި މައުނާ އަބްދުލްއަޒީޒު އާއި ޔުނައިޓެޑް ގާލްސްގެ ގޯލް ކީޕަރު ލީޝާ ނައީމް އާއި ޒުވެއިރިޔާ އަހްމަދު އާއި ތައުލީމީ މަރުކަޒުގެ އައިމިނަތު ނުހާއެވެ. އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ލީޝާ ނައީމު އެވެ.

މިއަހަރު މި މުބާރާތް ބޭއްވީ އަތޮޅު ހޮސްޕިޓަލުގެ ރިކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.