އޭދަފުށި ބެޑްމިންޓަން ޗެލެންޖު މިމަހު 31 ގައި

ކްލަބް އޭދަފުށިން އިންތިޒާމުކޮށްގެން “އޭދަފުށި ބެޑްމިންޓަން ޗެލެންޖު 2020” ނަމުގައި ބެޑްމިންޓަން މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

މި މުބަރާތުގައި ބައިވެރިވުމުގެ ފުރުސަތު (އެޗް.ޕީ.އޭ ގެ އުސޫލްތަކާ ޚިލާފުނުވާގޮތަށް) ރާއްޖޭގައި ދިރިއުޅޭ، އުމުރުން 9 އަހަރުންމަތީ އެންމެނަށްވެސް ވަނީ ހުޅުވާލެވިފައެވެ. މުބާރާތުގެ ކޮންމެ އިވެންޓެއްގައިވެސް ބައިވެރިވުމުގެ ފީ އަކީ -/50 ރ (ފަންސާސް ރުފިޔާ) އެވެ. މުބާރާތް އޮންނާނީ މިހިނގާ ޑިސެންބަރު 31 އިން 9 ޖެނުއަރީ 2021 އަށް އޭދަފުށީ ޒުވާނުންގެ މަރުކަޒުގެ ބެޑްމިންޓަން ކޯޓުގައެވެ.

ކްލަބް އޭދަފުށިން ބުނީ މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 26 ޑިސެމްބަރު 2020 ވާ ހޮނިހިރު ދުވަހުގެ 22:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.

އެޕްލިކޭޝަން ފޯމު ދޫކުރުމާއި އަދި ބަލައިގަތުމުގެ އިންތިޒާމު ވައިބާ މެދުވެރިކޮށް ތިރީގައިވާ ނަންބަރުތަކަށް މެދުވެރިކޮށް ހަމަޖެއްސެވުމަށް ކްލަބް އޭދަފުށިން އެދެއެވެ.

  • 12 އަހަރުން ދަށުގެ ކުޅުންތެރިންގެ ފޯމު ދޫކުރުމާއި ބަލައިގަތުމަށް: 7794668/7975456
  • 15 އަހަރުން ދަށުގެ ކުޅުންތެރިންގެ ފޯމު ދޫކުރުމާއި ބަލައިގަތުމަށް: 7900450/7975456
  • 15 އަހަރުން މަތީގެ ކުޅުންތެރިންގެ ފޯމު ދޫކުރުމާއި ބަލައިގަތުމަށް: 9177799/7975456

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.