އޭދަފުށި ބެޑްމިންޓަން ޗެލެންޖް: ސިންގަލްސް ޗެޕްއަންކަން އަގްޔާނަށް

ކްލަބް އޭދަފުށިން އިންތިޒާމުކޮށްގެން ބޭއްވި އޭދަފުށި އޯޕަން ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު އަގްޔާން އަމްޖަދު ހޯދައިފި އެވެ.

ފިރިހެން ޗެމްޕިއަންކަން އަގްޔާން ހޯދީ ފައިނަލުގައި އަހްމަދު ފާތިން އާ ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ.

ފިރިހެން ޑަބަލްސް ޗެމްޕިއަން ޕެއާ އަކީ މުހައްމަދު އަގްޔާން އާއި މުހައްމަދު މާހުގެ ޕެއާ އެވެ. އެ ޕެއާ ތަށި ހޯދީ ފައިނަލުގައި މުހައްމަދު އަތޫފް ރިފާއު އާއި ޝަޔާމް ޢަބްދުﷲގެ ޕެއާ އަތުން 2-0 އިން މޮޅުވެގެންނެވެ.

މުބާރާތުގެ އަންހެން ޑަބަލްސް ޗެޕްޕިއަންކަން ފާތުމަތު ޒީނިޔާ އާއި ރަޝާ ރިޒާގެ ޕެއާ ހޯދިއިރު، މި މުބާރާތުގެ މިކްސް ޑަބަލްސް ތަށި ހޯދީ މުހައްމަދު މާހު އާއި އައިޝަތު ޝަމްހާގެ ޕެއާ އެވެ.

މި މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަބްދުﷲ ނައުހާން ހޯދި އިރު، 15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ހުސައިން އިޒްވާން ސޯދިގު އެވެ. 15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ މަރިޔަމް އީނާސް އިލްޔާސް އެވެ.

މި މުބާރާތަކީ އޭދަފުށީގައި ބެޑްމިންޓަން ކުރިއަރުވައި އަދި މި ކުޅިވަރު ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް މުބާރާތްކުގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން ބޭއްވި މި މުބާރާޓުގައި ދެން ކުރިއަށް ދާނީ ޓީމު އިވެންޓްގެ މެޗުތަކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.