އޭދަފުށީ ކައުންސިލުން ދެ ޖިންސަށް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ބ. އޭދަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ފިރިހެނުންނަށް ފުޓްބޯޅަ މުބާރާތަކާއި އަންހެނުންނަށް ޚާއްސަކޮށްގެން ފުޓްސަލް މުބާރާތެއް މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ މިރަށުގެ ދެ ޖިންސުގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އޭދަފުށީގައު ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި ދެ މުބާރާތުގެ ތެރެއިން “އޭދަފުށި ކަޕް” ގެ ނަމުގައި ބާއްވާ ފިރިހެން ފުޓްބޯޅަ މުބާރާތް އޮންނާނީ ޓާފު ފުޓްބޯޅަ ދަނޑުގަ އެވެ. އަދި “އޭދަފުށި ވިމެންސް ކަޕް” ގެ ނަމުގައި  ބާއްވާ އަންހެން ފުޓްސަލް މުބާރާތް އޮންނާނީ ފުޓްސަލް ދަނޑުގައެވެ.

އޭދަފުށީ ކައުންސިލުގެ ކްލަބް، ކްލަބް އޭދަފުށިން ރާވާ ހިންގުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތް ވެސް އޮންނާނީ އަންނަ މަހުގެ 5-20 އަށެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މުބާރާތް ފަސްކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ މުބާރާތް ބާއްވާ ތާރީޚަށް ބަދަލުގެނެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

އޭދަފުށީ ކައުންސިލުން ވަނީ މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ، ކްލަބް ޖަމިއްޔާ ނުވަތަ ޓީމުތަކުން ފޯމު ފުރިހަމަ ކުރުމަށްފަހު، އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް އެދިފައެވެ.

މި މުބާރާތް ސްޕޮންސާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ކައުންސިލުން ވަނީ ހުޅުވާލައިފަ އެވެ. ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކުން ކްލަބް އޭދަފުށި އަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމަށް ކައުންސިލުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.