އޭދަފުށި ކަޕް އަންނަ މަހު 5 ގައި ފަށަނީ

ބ. އޭދަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އޭދަފުށި ކަޕް” ފުޓްބޯޅަ މުބާރާތް އަންނަމަހު 5 ވަނަ ދުވަހު ފަށާގޮތަށް ހަމަޖައްސައިފި އެވެ.

އޭދަފުށީ ކައުންސިލުގެ ކްލަބް، ކްލަބް އޭދަފުށިން ރާވާ ހިންގުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރާ ފަސް ޓީމަކީ އެމްއޭ ޔުނައިޓެޑް، ބީކޭ ފުޓްބޯލް ކްލަބް، ހުސްސޮންގުން، ވެލާ ސްޕޯޓްސް ކްލަބް އަދި އޭދަފުށި ވެޓަރެންސް ފުޓްބޯލް ކްލަބެވެ.

އޭދަފުށީ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ މިރަށުގެ ދެ ޖިންސުގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އޭދަފުށީގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

ކޯވިޑް19ގެ ޙާލަތާ ހުރެ ބޮޑު މުބާރާތެއް ނުބޭއްވި ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އޭދަފުށީގައި ބާއްވާ މުބާރާތަކީ އޭދަފުށީ ފުޓްބޯޅަ ޓީމު ތަކުގެ މެދުގައި ޓާފް ދަނޑުގައި ބާއްވާ މުބާރާތް ކަމަށް ވާތީ، މެޗުތައް ބެލުމަށް ގިނަ ބަޔަކު ދާނެ ކަމަށް ބެލެވެއެވެ.

މި މުބާރާތުގެ އިތުރުން އަންހެނުންނަށް ހާއްސަކޮށްގެން “އޭދަފުށި ވިމެންސް ކަޕް” ގެ ނަމުގައި  ވެސް އަންނަ މަހުތެރޭ ފުޓްސަލް މުބާރާތެއް ބާއްވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.