ހުސް ސޮންގުން-ވެލާ މެޗުން އޭދަފުށީ ކަޕް ހުކުރު ދުވަހު ފަށަނީ

ބ. އޭދަފުށީ ކައުންސިލުން، އޭދަފުއްޓަށް ހުޅުވާލައިގެން ބާއްވާ އޭދަފުށި ކަޕް ހުސް ސޮންގުން އާއި ވެލާ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން އަންނަ ހުކުރު ދުވަހު ހަވީރު ފަށާނެ އެވެ.

އޭދަފުށީ ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ފަސް ޓީމު ވާދަކުރާނެ އެވެ. އެއީ ހުސް ސޮންގުން އާއި ވެލާ ސްޕޯޓްސްގެ އިތުރުން އޭދަފުށީ ވެޓަރަންސް، ބަނަފްސާ ކަންމަތި އަދި އެމްވީ ޔުނައިޓެޑް އެވެ.

މި މުބާރާތް ލީގު އުސޫލުން ކުޅޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެއެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ލީގު އުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލުގެ މެޗަކަށްފަހު އެވެ.

މިމަހުގެ 19ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 7000 ހާސް ރުފިޔާ އަދި ރަނާއަޕް ޓީމަށް 2500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައިއެވެ. މި މުބާރާތަކީ މިރަށުގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އޭދަފުށީގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

މިއީ  ކޯވިޑް19ގެ ޙާލަތާ ހުރެ ބޮޑު މުބާރާތެއް ނުބޭއްވި ގިނަ ދުވަސްތަކެއް ވެފައި އޭދަފުށީ ފުޓްބޯޅަ ޓީމު ތަކުގެ މެދުގައި ޓާފް ދަނޑުގައި ބާއްވާ ފުރަތަމަ މުބާރާތެވެ.

މި މުބާރާތުގެ އިތުރުން އަންހެނުންނަށް ހާއްސަކޮށްގެން “އޭދަފުށި ވިމެންސް ކަޕް” ގެ ނަމުގައި ފުޓްސަލް މުބާރާތެއް ވެސް ބާއްވާނެ އެވެ. އެ މުބާރާތް ފަށާނީ މާރޗު 9 ވަނަ ދުވަހު އެވެ.

މި މުބާރާތް ސްޕޮންސާ ކޮށްފައިވަނީ އުރީދޫ، ލޮޓަސް އަދި ޖާޒިއާ ފިހާރައިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.